ads
ިމިނިސްޓަރު ފައްޔާޒު---ފޮޓޯ:އަވަސް
މާލެއަށް ނައިސް އެތައް ފަރުވާއެއް ކުރެވޭނެ މަގުފަހި ވެއްޖެ: ފައްޔާޒު
ކޮވިޑް-19 އާއި އެކު ރާއްޖޭގެ ސިއްހީ ނިޒާމު ފުޅާކޮށް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ސަބަބުން، މާލެ ނައިސް ރާއްޖޭގެ އެކި ހިސާބުތަކުން އެތައް ފަރުވާއެއް ކުރެވޭނެ މަގުފަހިވެގެން ގޮސްފި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ލ. ގަން އަދި ގއ. ވިލިނގިލީގައި ތަރައްގީކުރި ކޮވިޑް-19 އަށް ފަރުވާދޭ ފެސިލިޓީތައް އިފްތިތާހު ކުރުމަށް ވާޗުއަލް ކޮށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރުކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ކޮވިޑް-19 އާއި އެކު ރާއްޖޭގެ ސިއްހީ ނިޒާމު ތަރައްގީކޮށް ފުޅާކުރުމުގެ ފުރުސަތު ލިބިގެން ގޮސްފައިވާ ކަމަށެވެ. 

އެގޮތުން އަތޮޅުތެރޭގައި ތަރައްގީކުރާ ކޮވިޑް-19 އަށް ފަރުވާދޭ ފެސިލިޓީތަކަކީ ހަމައެކަނި އެ ބައްޔަށް ފަރުވާދެވޭ ގޮތަށް ތަރައްގީކޮށްފައިވާ ފެސިލިޓީތަކެއް ނޫން ކަމަށާއި އެ ފެސިލިޓީތަކުން ލިބެން ހުންނަ ހިދުމަތްތައް ދާއިމީ ގޮތެއްގައި ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ. 

މީގެ ސަބަބުން މާލެއަށް ނައިސް ގިނަ ފަރުވާތަކެއް ހޯދުމުގެ ފުރުސަތު ފަހިވެ މާލެއަށް ބަރޯސާކުރުން ކުޑަކުރެވިގެން ގޮސްފިކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ސިއްހީ ނިޒާމު ތަރައްގީ ކުރުމަށް ކުރާ މަސައްކަތްތައް ދާނީ ކުރިއަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓަރު ވަނީ ކޮވިޑް-19 އާއި އެކު ތަފާތު ފިކުރުތަކުގެ ފަރާތްތަކުން ވެސް ބަލިމަޑުކަމުން އަރައިގަތުމަށް އެއްގަލަކަށް އަރައި މަސައްކަތްކުރި ތަން ފެނިގެންގޮސްފައިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި ބަލިމަޑުކަމުން އަރައިގަތުމަށް އަޅަންޖެހޭ ފިޔަވަޅުތައް ފަސްޖެހިމެއް ނެތި އަޅުއްވަމުން ގެންގޮސްފައި ވާތީ ރައީސް ސޯލިހް އަށާއި ހެލްތު މިނިސްޓަރާއި އެ މިނސްޓްރީގެ ޓީމް އަދި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތާއި ކޮވިޑް-19 އިން އަރައިގަތުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރި އެންމެންނަށް މިނިސްޓަރު ފައްޔާޒު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް