ads
ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓާ ކޮމިއުނިކޭޝަން އަހްމަދު ފަޒީލް
ފަޒީލް ޖިންސީ ގޯނާ ކުރި މައްސަލަ ބަލައިދޭން އެމްއާރުއެމުން ހުށަހަޅައިފި
ޖިންސީ ފުރައްސާރާގެ މައްސަލާގައި ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓާ ކޮމިއުނިކޭޝަންގެ މަގާމުގައި ހުންނެވި އަހުމަދު ފަޒީލް މަގާމުން ސަސްޕެންޑްކޮށްފައިވާއިރު އޭނާގެ މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީއަށް ހުށަހަޅައިފި އެވެ.

ފަޒީލްގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް އޮތުމުން އޭނާ މަގާމުން ދުރުކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ. މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ސްލޮޓެއްގައި ފިޝަރީޒް މިނިސްޓްރީގެ މަގާމެއްގައި ހުރި ފަޒީލަށް ޖިންސީ ފުރައްސާރައިގެ ތުމަތުތައް ކުރެވި އެ މައްސަލަ ބަލައި ނިމެންދެން އޭނާ މަސައްކަތުން އެކަހެރިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވެސް އެދުނީ އެޕާޓީންނެވެ.

އެ ޕާޓީން ޖެންޑާ މިނިސްޓްރު އައިޝަތު މުހައްމަދު ދީދީ އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އަންހެން ކުދިންނަށް ޖިންސީ އަނިޔާ އާއި ގޯނާކުރި ކަމުގެ ތުހުމަތު ސޯޝަލް މީޑިއާގައި ފަޒީލްގެ މައްޗަށް ކުރަމުންދާ ކަމަށާއި އަދި އެކަމަކީ ގަނޫނާއި ހިލާފު އަދި އެޕާޓީން އެއްވެސް ވަރަކަށް ބަލައިގަންނާނެ ކަމެއް ނޫން ކަމުން، އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދޭ ކަމަށެވެ. 

މިފަހަކަށް އައިސް ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ފަރާތްތަކަށް ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ މިންވަރު އިތުރުވެފައިވާއިރު އެފަދަ ތުހުމަތެއްގައި ކުރިން ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި، އަލީ ވަހީދު ވެސް ވަނީ މަގާމުން ވަކި ކުރައްވާފަ އެެވެ. އެހެންނަމަވެސް އެ ތުހުމަތުތަކަށް އަލީ ވަހީދު އިންކާރު ކުރައްވަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް