ads
ބީއެމްއެލް
އަންނަ ހަފްތާގައި ބީއެމްއެލް ހުޅުވާނީ 29 ވަނަ ދުވަހު
އަންނަ ހަފްތާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހުޅުވާފައި ހުންނާނީ ޖުލައި 29 ވަނަ ދުވަހު ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ބީއެމްއެލް އިން ބުނީ އެ ދުވަހު ބޭންކުގެ ހިދުމަތް ހެނދުނު 08:30 އިން މެންދުރު 02:00 އަށް ލިބޭނެ ކަމަށެވެ. އަދި ބޭންކުން ފޯރުކޮށްދޭނީ އޮންލައިންކޮށް އަދި ސެލްފް ސާވިސް މެދުވެރިކޮށް ނުލިބޭ ހިދުމަތްތައް ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ. 

އޭގެ އިތުރުން މާލެ އިން ބޭންކުގެ ހިދުމަތްހޯދާ ކަސްޓަމަރުންނަށް ކިއުބީ މެދުވެރިކޮށް ނަންބަރު ދޫކުރާނެ ކަމަށާއި ކޮންމެ ކަސްޓަމަރަކުވެސް ނަންބަރު ކައިރިވުމުން ހިދުމަތް ހޯދުމަށް ދިޔުމަށް ބެންކުން އިލްތިމާސް ކުރެއެވެ. އަދި ކިއުބީ މެދުވެރިކޮށް އޮންލައިންކޮށް ނަންބަރު ދޫކުރާނީ ހެނދުނު 08:00 އިން 12:00 އަށް ކަމަށް ބީއެމްއެލް އިން ބުނެ އެވެ. 

ބީއެމްއެލް އިން ބުނީ އެ ދުވަހު އެކައުންޓް ހުޅުވުމާއި ލޯން ސެންޓަރު އަދި ބިޒްނަސް ސެންޓަރުގެ ހިދުމަތް ލިބޭނީ ކުރިން ހައްދާ އެޕޮއިންޓްމެންޓްތަކަށް ކަމަށެވެ. 

އަންނަ ހަފްތާ އާދިއްތަ ދުވަހުް ފެށިގެން އެއް ހަފްތާގެ ދިގު ބަންދެއް ލިބެއެވެ. އެއީ މިނިވަން ދުވަހާއި އަޟްހާ އީދާއި ގުޅިގެން ނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް