ads
ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓާ ކޮމިއުނިކޭޝަން އަހްމަދު ފަޒީލް
ތުހުމަތުތައް ދޮގުކޮށް މައްސަލަ ބަލާ ދިނުމަށް ފަޒީލް އަމިއްލައަށް އެދިއްޖެ
ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓާގެ މަގާމުގައި ހުންނެވި އަހުމަދު ފަޒީލްއަށް ކުރެވިފައިވާ ޖިންސީ ފުރައްސާރާގެ ތުހުމަތުތައް އޭނާ ދޮގުކޮށްފި އެވެ.

ޖިންސީ ފުރައްސާރާގެ މައްސަލާގައި ފަޒީލް މަގާމުން ސަސްޕެންޑްކޮށްފައިވާއިރު އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތައް ދޮގުކޮށް، އެމައްސަލަ ބަލާ ދިނުމަށް އެދި އަމިއްލައަށް ފުލުހުންގެ އިދާރާގައި ވަނީ އެދިފައިވާ ކަމަށް ފަޒީލް ބުނެ އެވެ.

އެ ތުހުމަތުތަކާއި ގުޅިގެން ފަޒީލްކުރި ޓްވީޓެއްގައި ވިދާޅުވީ ސޯޝަލް މީޑިއާގައި އޭނާއާއި މެދު ކުރެވުނު ތުހުމަތުތައް ތަހްގީގުކޮށް ދިނުމަށް މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ފުލުހުންނަށް މައްސަލަ ހުށައަޅާފައިވާނެ ކަމަށެވެ. 

"ސޯޝަލް މީޑިޔާގައި އަޅުގަނޑާއި މެދު ކުރެވުނު ތުހުމަތުތައް ތަހްގީގުކޮށް ބަލައިދިނުމަށް އެދި، މިދިޔަ އަންގާރަ ދުވަހު މޯލްޑިވްސް ޕޮލިސް ސާވިސްގައި ހުދު އަޅުގަނޑު ވާނީ އެދިފައެވެ." ފަޒީލް ވިދާޅުވި އެވެ.

ފަޒިލް އިތުރަށް ވިދާޅުވީ އެއީ އޭނާގެ އުމުރުން 17 އަހަރުގައި ކުރިކަމަށް ބުނާ ކުށުގެ ތުހުމަތެއް ކަމަށެވެ. އަދި އެ މައްސަލަ ފުލުސް އޮފީހަށް ހުށަހަޅާ ތަހުގީގު ކުރިކަމެއް އެނގިފައެއް ނުވާ ކަމަށާއި، ތުހުމަތުގައިވާ ގޮތަށް ސިޔާސީ ނުފޫޒެއް ބޭނުންކުރަން، އޭރު އޭނާއަކީ ސިޔާސީ ކަމެއްގައި އުޅުނު މީހެއް ނޫންކަމަށް ފަޒީލް ވިދާޅުވެފައިވެ އެވެ. ނަމަވެސް ތުހުމަތު ކުރެވިފައިވާ ކުށް ދޮގުކޮށް އެކަމަށް ފަޒީލް ވަނީ އިންކާރުކޮށްފަ އެވެ.

"އަޅުގަނޑުގެ ޢުމުރުން 17 އަހަރުގައި ކުރިކަމަށްބުނާ ކުށުގެ ތުހުމަތަށް އިންކާރުކުރަމެވެ. އެމައްސަލަ ފުލުސް އޮފީހަށް ހުށަހަޅާ ތަހުގީގު ކުރިކަމެއް އެނގިފައެއް ނެތެވެ. ތުހުމަތުގައިވާ ގޮތަށް ސިޔާސީ ނުފޫޒެއް ބޭނުންކުރަން، އޭރު އަޅުގަނޑީ ސިޔާސީކަމެއްގައި އުޅުނު މީހެއް ނޫނެވެ." ފަޒީލް ވިދާޅުވިއެވެ.

ފުލުހުންނަށް ހުށައެޅިފައިވާ މި މައްސަލަ ތަހްގީގު ކުރުމަށް ފަޒީލްގެ ފަރާތުން އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވެފައިވާއިރު، އެފަދަ ކަމެއް ދެން އޭނާގެ ފުށުން ނުހިގާނެ ކަމަށްވެސް ވިދާޅުވެފައިވެ އެވެ. 

އެމައްސަލައެއްގައި، އަޅުގަނޑުގެ ފަރާތުން އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އަރުވަމެވެ. އެފަދަ ކަމެއް އިރާދަކުރެއްވިއްޔާ ދެން އަޅުގަނޑުގެ ފުށުން ނުހިނގާނެއެވެ. އަދި އެއިންކަމެއް އަޅުގަނޑުގެ ފުށުން ވިޔަނުދިނުމަށް މިހިރީ އަޒުމް ކަނޑައަޅައިގެންނެވެ." ފަޒީލް އިތުރަށް ވިދާޅުވެފައިވެ އެވެ.

އެ ތުހުމަތުތައް ފަޒީލް ދޮގު ކުރިއިރު އޭނާގެ ފަރާތުން އުނދަގުލެއް ނުވަތަ ނުތަނަވަސްކަމެއް ލިބިފައިވާ ފަރާތެއް ހުރެދާނެކަމަށް ވިދާޅުވެފައިވެ އެވެ. އަދި އެފަރާތްތަކުގެ ކިބައިން ފަޒީލް މާއާފަށް އެދިފައިވާއިރު، އެފަދަ ފަރާތެއް ވާނަމަ ކަމާބެހޭ އިދާރާއަށް މައްސަލަ ހުށައެޅުމަށްވެސް އެދިފައިވެ އެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ސްލޮޓެއްގައި ފިޝަރީޒް މިނިސްޓްރީގެ މަގާމެއްގައި ހުރި ފަޒީލަށް ޖިންސީ ފުރައްސާރައިގެ ތުމަތުތައް ކުރެވި އެ މައްސަލަ ބަލައި ނިމެންދެން އޭނާ މަސައްކަތުން އެކަހެރިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދިފައިވަނީ އެޕާޓީގެ ފަރާތުންނެވެ. އަދި އެ ޕާޓީން ވަނީ ފުލުހުންނާއި ޖެންޑާ މިނިސްޓްރީއަށް ވެސް އެ މައްސަލަ ބަލައިދިނުމަށް އިއްޔެ ހުށަހަޅާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް