ads
އަދީބު --
ޝަރީއަތް ނިމެންދެން އަދީބު ބަންދު ކުރުމަށް އަމުރުކޮށްފި
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލައިގެ އިސްތިއުނާފް ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ.

އިސްތިއުނާފްގެ ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ވަނީ ޕްރޮސެކިއުޓާ އޮފީހުން ހުށަހެޅި، އިސްތިއުނާފުގެ މައްސަލައިގެ މިއަދު އޮތް ދެވަނަ އަޑު އެހުމުގަ އެވެ. 

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ހަތް ދައުވާއެއް ކޮށްފައިވާއިރު އެ ދައުވާތައް ކޮށްފައިވަނީ ޕީޖީ އޮފީހާއި އަދީބާއި ދެމެދު ހަދާފައިވާ އިއުތިރާފް އެއްބަސްވުންތަކުގެ މައްޗަށް ބިނާކޮށެވެ. 

އެ ހަތް ދައުވާގެ އިބްތިދާއީ އަޑުއެހުމުން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔައިރު ކޯޓުން ވަނީ އެ މައްސަލަތައް ބަލައިނުގަތުމަށް ނިންމާފަ އެވެ. އެގޮތުން އަދީބާއެކު ހަދާފައިވާ އެއްބަސްވުމަކި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ބާރު ލިބިގެން ހަދާފައިވާ އެއްބަސްވުމެއް ނޫންކަމަށާއި ބޭސްފަރުވާގެ ކަންކަމަކީ އެންމެނަށް އިސްތިސްނާއެއް ނެތި ގާނޫނު އަސާސީން ކަށަވަރުކޮށްދޭކަމެއް ކަމަށާއި އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ މީހަކަށް އެފުރުސަތު ލިބެންޖެހޭނެ ކަމަށްވެސް ގާނޫނު އަސާސި އާއި ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ވާކަން ފާހަގަކޮށް ބޭސްފަރުވާއަށް ފޮނުވަން އެފަދަ ޝަރުތެއް ކުރުމަކީ ޓޯޗާގެ އަމަލެއްގެ ގޮތުގައި ބެލިދާނެ ކަމަށް ގާޒީ ވަނީ ހުކުމްގައި ފާހަގަކޮށްފަ އެވެ. 

މައްސަލަ ތަހުގީގު ކުރި ފުލުހުންގެ މައްސަލަ ފާހަގަކޮށް ހުކުމުގައި ބުނެފައިވަނީ މައްސަލައިގައި ކުރިން އިޖުރާއަތްތަކާ ހިލާފަށް ފުލުހުން އަމަލުކޮށްފައިވާކަން ސާބިތުވާ ކަމަށާއި، އެހެން އޮށްވާ ހަމަ އެ ފުލުހުންގެ އޮފިސަރުން ތަހުގީގުގައި ބައިވެރިކުރުމަކީ މުޅިން ގޯސްކަމެއްކަމަށާއި، އެ ޓީމްގެ އިސްކޮށް ހުންނެވީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ކަމަށެވެ. 

އަދީބްގެ މައްޗަށް ކުރެވޭ، ހަތް ދައުވާ ބޭރުކޮށްލި ގާޒީ އިސްމާއިލް ރަޝީދުގެ ސުލޫކީ މައްސަލައެއް ބަލަން ފަށާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ގާޒީ 60 ދުވަހަށް ސަސްޕެންޑްކޮށްފަ އެވެ. 

ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ހުށަހެޅި އެ މައްސަލަ ޖޭއެސްސީން ބަލަމުން އަންނައިރު ޕީޖީ ހުސެއިން ޝަމީމް ވަނީ އަދީބުގެ މައްޗަށް މިހާރުވެސް 150 އަށްވުރެ ގިނަ ދައުވާ އުފުލޭނެވަރަށް ހެކި އެބަހުރިކަމަށާއި އެ ދައުވާތައް އުފުލާ ސާބިތުވެއްޖެ ނަމަ 806 އަހަރުގެ ހުކުމެއް އޭނާގެ މައްޗަށް އަންނާނެ ކަމަށް ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް