ads
ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ކާރިމް
ނައިފަރު ކައުންސިލް ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފި
ޅ. ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ކާރިމްގެ އިތުބާރު ނެތް ކަމަށް ނައިފަރު ކައުންސިލުން ފާސްކޮށްފިއެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ނައިފަރު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޝާހިދު ވިދާޅުވީ ލާމަރުކަޒީ އުސޫލާއި އެއްގޮތަށް ކައުންސިލް ހިންގުމުގައި އިހުމާލުވެފައިވާތީ ނައިފަރު ކައުންސިލް ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު އިއްޔަ ކައުންސިލްގެ މެންބަރުންގެ މެދުގައި ނަގާފައިވާ ކަމަށެވެ. އަދި މިހާރު އެ ނިންމުން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ފޮނުވާފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.

މީގެ ކުރިންވެސް ކާރިމްގެ އިތުބާރު ނެތް ކަމުގެ ވޯޓު ކައުންސިލް މެންބަރުންގެ މެދުގައި ނަގާފައި ވެއެވެ. އެހެން ނަމަވެސް އެ އެފަހަރު ނިންމި ނިންމުމުގައި ފުރިހަމަ ނުވެ ހުރި ބައެއް ކަންކަން ހުރުމުން އެނިންމުން އެލްޖީއޭއިން ވަނީ ބާތިލް ކޮށްފައެވެ. އެފަހަރު އެ މައްސަލާގައި ސީއެންއެމް އިން ގުޅުމުން ނައިފަރު ކައުންސިލްގެ ރައީސް ކާރިމް ވިދާޅުވީ، އިތުރުބާރު ނެތްކަމަށް ވޯޓު ނެގުމަށް ޖަލްސާއެއް ބޭއްވިކަމެއްވެސް ޖަލްސާ އެޖެންޑާ ކޮށްފައި އޮތީ ކާކުކަމެއްވެސް އަދި އެޖެންޑާ ހެދީ ކާކުކަމެއްވެސް އެނގިފައި ނެތްކަމަށެވެ. 

ނަަމަވެސް މިފަހަރު ސީއެންއެމްއަށް މައުލޫމާތު ދެމުން ކާރިމް ވިދާޅުވީ އިތުބާރު ނެތް ކަމުގެ ވޯޯޓު އިއްޔަ ނަގާފައިވާކަމަށެވެ.

ކާރިމްގެ އިތުބާރު ނެތް ކައުމުގެ ވޯޓު ނައިފަރު ކައުންސިލުން ނަގައިފައި ވަނީ އެލްޖީއޭއިން ކުރީ މަހުގެ 16 ވަނަ ދުވަހު އެކުލަވާލައިފައިވާ ގާނޫނު ނަންނަރު: 2020/5 ގެ ދަށުން ކައުންސިލްތައް ހިންގުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތަކުގެ ތިންވަނަ ބާބުގެ 12 ވަނަ ނަަންބަރުގެ (ނ) އަށް ރިޔާޔަތްކޮށް ކަމަށް ކައުންސިލުން ބުނެއެވެ. އަދި އިތުބާރު ނެތް ކަމުގެ ވޯޓު ނަގާފައިވަނީ 10 ދުވަހުގެ ނޯޓިސްއެއް ދިނުމަށްފަހު ކާރިމްގެ އަމަލުތައް އިސްލާހު ނުކުރުމުން ކަމަށްވެސް ކައުންސިލުން ބުނެއެވެ. މި ނިންމުން ނިންމާފައި ވަނީ ނައިފަރު ކައުންސިލްގެ 26 ވަނަ އާންމު ޖަލްސާގައެވެ. 

ނައިފަރު ކައުންސިލަކީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ ލިބިފައިވާ ކައުންސިލެކެވެ. ހަތަރު އެމްޑީޕީ މެންބަރުން ކައުންސިލްގައި ތިބޭއިރު ފަސް ވަނަ މެންބަރަކީ ޕީޕީއެމްގެ މެންބަރެކެވެ. ކާރިމްގެ މިއަމަލާއި އެކު އެމްޑީޕީ ނައިފަރު ދާއިރާގެ މެދުގައި ވަނީ ބައިބައިވުން އުފެދިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް