ads
ދިޕިކާ އާއި ޕްރިޔަންކާ--
ފޭކް ފޮލޯވަރުން ގެންގުޅޭކަމުގެ ތުހުމަތުގައި ޕްރިޔަންކާ އާއި ދީޕިކާއަށް ފުލުހުން ސުވާލުކުރަނީ؟
ބޮލީވުޑުގެ މަޝްހޫރު ތަރި، ޕްރިޔަންކާ ޗޯޕްރާ އާއި ދީޕިކާ ޕަޑުކޯންގެ މައްޗަށް "ފޭކް ފޮލޯވަރުން" ގެންގުޅޭ ކަމުގެ ތުހުމަތުގައި އިންޑިއާގެ ފުލުހުން ސުވާލުކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިންޑިއާގެ މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ މަގްބޫލު ނޫހެއްގައި ރިޕޯޓްކުރާ ގޮތުގައި ޕްރިޔަންކާ އާއި ދީޕިކާގެ އިތުރުން ވެސް ބައެއް ތަރިންގެ މައްޗަށް ފޭކް ފޮލޯވަރުން ގެންގުޅޭ ކަމަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން މުމްބާއީގެ ފުލުހުން ވަނީ އެމީހުންނާއި ސުވާލުކުރަން ނިންމާފަ އެވެ.

އެ މީހުންގެ އިތުރުން ކުޅިވަރުގެ ދާއިރާގައި އުޅޭ މަޝްހޫރު ތަރިންނަށް ވެސް މި ތުހުމަތުތައް ކުރެވޭއިރު އެ މައްސަލަ ބަލަން ވަކި ހާއްސަ ޓީމެއް އެކުލަވާލާފައިވާ ކަމަށް ބުނެ އެވެ. 

ރިޕޯޓްތައް ބުނާ ގޮތުގައި 176 ހައި ޕްރޮފައިލް ސެލެބްރިޓީން ވަނީ ފޮލޯވަރުންގެ އަދަދު އިތުރު ކުރަން ފައިސާގެ ހުށަހެޅުންތައް ހުށަހަޅާފައިވާ އެވެ. އޭގެ ތެރޭގައި ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ޕްރިޔަންކާ އާއި ދީޕިކާ ހިމެނޭއިރު އެ ދެތަރިންނަކީ ބޮލީވުޑުގެ ތަރިންގެ ތެރެއިން އެންމެ ގިނަ ފޮލޯވަރުން ތިބި ދެ ތަރިން ވެސް މެ އެވެ. 

އެންމެ ގިނަ ބަޔަކު ފޮލޯކުރާ ތަރިންގެ ލިސްޓުގައި ޕްރިޔަންކާ އާއި ދީޕިކާ ހިމެނޭއިރު އިންސްޓަގްރާމުގައި އެކަނި ވެސް ޕްރިޔަންކާގެ 55.2 މިލިއަން ފޮލޯވަރުން ތިބެ އެވެ. އަދި ދީޕިކާގެ އިންސްޓަގްރާމުގައި 50.8 މިލިއަން ފޮލޯވަރުން ތިބެ އެވެ. 

ޕްރިޔަންކާގެ ކުރިއަށް އޮތް ބޮލީވުޑު ފިލްމަކީ "ދަ ވައިޓް ޓައިގާ" އެވެ. ރާޖް ކުމާރު ރާއޯ އާއެކު އޭނާ ފެނިގެންދާ އެ ފިލްމަކީ ނެރޭނީ ނެޓްފްލިކް އިންނެވެ. އަދި ދީޕިކާގެ ކުރިއަށް އޮތް ފިލްމަކީ ކަބީރު ހާނުގެ ހަޔާތަށް ނެރޭ ފިލްމު، "83" އެވެ. އެ ފިލްމުގައި އޭނާ ފެނިގެންދާނީ ފިރިމީހާ ރަންވީރު ސިންގްއާއެެކު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް