ads
އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު
ބަދަލުދިނުމާއި ގުޅޭ އުސޫލެއް އޮޑިޓް އޮފީހުން ހަދަން ނިންމައިފި
ދައުލަތުން އެކި ފަރާތްތަކާއި ދެމެދު އޮންނަ އެއްބަސްވުންތައް އުވައިލުމުން އެ ފަރާތްތަކަށް ލިބޭ ގެއްލުމުގެ ބަދަލު ނުދިނުމާއި ގުޅޭ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ސަރުކާރަށް ލަފާދޭނެ އުސޫލެއް ހެދުމަށް ނިންމާފައިވާ ކަމަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު މިއަދު ވިދާޅުވެއްޖެ އެވެ.

މިފަދައިން އޮޑިޓަ ޖެނެރަލް ވިދާޅުވީ  އުތުރު ޕްރޮވިންސްގެ ފެރީގެ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާގެ 174 މިލިއަން ރުފިޔާއަށް އަގުކުރެވޭ ބަދަލު ނުދިނުމަށް ފާހަގަކޮށްފައެވެ.

އުރުތު ޕްރޮވިންސް ގައި ފެރީގެ ހިދުމަތް ދިނުމަށް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެކުންފުންޏާއިއެކު އެއްބަސްވެފައިވީ ނަމަވެސް ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ވަނީ އެއެއްބަސްވުން ބާތިލްކޮށްފައެވެ. އެ މައްސަލާގައި އެ ކުންފުންޔަށް ލިބުނު ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދިނުމަށް ކޯޓުން ހުކުމްކުރިއެވެ. ނަމަވެސް ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް ރައީސް އުފެއްދި ސެޓްލްމެންޓް އެގްރިމެންޓެއްގެ ދަށުން ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

މިކަމާއި ގުޅޭގޮތުން އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ މައްސަލައެއް ދިމާވެ ދައުލަތާއި އެކި ފަރާތްތަކުގެ އެއްބަސްވުން އުވާލުމާއި ގުޅިގެން ބަދަލު ދިނުމުގައި ވެސް އަމަލުކުރަން ޖެހޭނީ ދައުލަތުގެ މަސްލަހަތު އިސްވާގޮތަށް ކަމަށެވެ.

މިކަމާއި ގުޅިގެން އޮޑިޓަރު ޖެނެރަލް އިތުރަށް ވިދާޅުވީ އުފަން ނުވާ ވިޔަފާރިތަކަކަށް ބަދަލުދޭ އުސޫލަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި އޮންނަ ގޮތެއް ނޫންކަމާއި އެއްބަސްވުން އުވައިލުމަކީ ހިނގަ ހިނގާ ހުރި ވިޔަފާރިއަކަށް ގެއްލުން ވެއްޖެ ނަމަ ބަދަލު ދިނުމާ މެދު ވިސްނައި ގޮތްތަކެއް ހޯދިދާނެ ކަމެއް ކަމަށެވެ.

ދީބާޖާ މައްސަލާގައި ހައްލެއް ހޯދުމަށް ސެޓްލްމަންޓް ކޮމެޓީ އެއް ހަދާ ދީބާޖާ ކުންފުންޏާއިއެކު ސަރުކާރުން ކުރި މަޝްވަރާތަކަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވީ އެކުންފުންޏަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުމަށެވެ. މިއާއި އެކު ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެގެން ދިޔައެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް