ads
ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މަތިވެރި ކަމުގެ ބޭނުން ރަނގަޅަށް ކުރޭ: ހުތުބާ
ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މަތިވެރި ކަމުގެ ބޭނުން ރަނގަޅަށް ކުރުމަށް ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.

ހުކުރު ހުތުބާގައި ބުނެފައިވަނީ މާތްﷲ ގެ ހަޒުރަތުގައި ހުރުމަތްތެރިވެގެންވާ މައްސަރުތަކުގެ ތެރެއިން އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ ހައްޖު މަސްކަމުގައެވެ. އަދި ހައްޖު މަހުގެ އެންމެ މާތް ދުވަސްތަކަކީ އެ މަހުގެ ފުރަތަމަ ދިހަ ދުވަސްކަމުގައި ވެސް ހުތުބާގައި ވެއެވެ. 

މީގެ އިތުރުން ހުތުބާގައި ބުނެފައިވަނީ ދުނިޔެއަށް މިވަގުތު ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ސަބަބުން މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ނިޔަތްގަނެފައިވާ އެތައް ބަޔަކަށް ހައްޖަށް ދެވޭގޮތް ނުވި ކަމުގައި ވިޔަސް ފަރުޟު ހައްޖުވުމަށް ނިޔަތްގަނެ އެކަމަށް ވާންޖެހޭ ތައްޔާރީތައް ވެފަިއވާ ފަރާތްތަކަށް މާތް ﷲގެ ހަޒްރަތުން ދަރުމައާއި ސަވާބުލިބޭނޭ ކަމަށެވެ. އަދި ﷲގެ ހަޟްރަތުން އުންމީދު ކަނޑާނުލުމަށްވެސް ހުތުބާގައި ހަނދާންކޮށްދިފައިވެ އެވެ. 

ހައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ ދަރުމައާއި ސަވާބު ލިބިގަތުމަށް މަސައްކަތް ކުރަން ޖެހޭނެކަން ފާހަގަކޮށް ހުތުބާގައި ވަނީ ރޯދަ ހިފުމާއި އެކު ދުއާކޮށް މިހާރު މިއޮތް ބަލިމަޑުކަމުން ސަލާމަތް ކޮށްދެއްވުން އެދި ﷲގެ ހަޒުރަތުގައި ދެންނެވުމަށް ގޮވާލާފައެވެ. 

ހުތުބާގައި ބުނެފައިވަނީ ހައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަމާއި މަތިވެރިކަން ގިނަގުނަ ވެގެންވާކަމަށެވެ. އަދި ހެޔޮކަން ބޮޑު މިފަދަ ދުވަސްތަކުގައި ސާލިހު އަމަލުތައް ގިނަކުރުމަށްވެސް ހުތުބާގައި ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް