ads
މާވަށަށް އުދަ އަރާފައިވާ މަންޒަރު--
އުދައަރާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި
ރާއްޖޭގެ އެކި ހިސާބުތަކަށް އުދައަރާނު ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އޮފީހުން ބުނެފައިވަނީ ރާއްޖޭގެ ބައެއް ރަށްތަކަށް އުދައެރުމުގެ ފުރުސަތު އޮތް ކަމަށް ލަފާ ކުރެވޭތީ ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށެވެ.

އެގޮތުން ވައިޓް އެލާޓް ނެރެފައިވަނީ މެންދުރުފަހު 03:00 އިން ފެށިގެން ރޭގަނޑު 07:00 އާއި ހަމައަށެވެ. 

ރާއްޖޭގެ އެކި ހިސާބުތަކަށް އުދައަރާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައިވާއިރު، މިދުވަސްވަރު ރާއްޖޭގެ އެކި ރަށްތަކަށް ވަރަށް ބޮޑަށް އުދައަރާކަން ފާހަގަކޮށްލެވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް