ads
ސީޕީ ހަމީދު-- ފޮޓޯ: ރާއްޖެއެމްވީ
މަރު ކޮމިޝަންގެ ރިޕޯޓް މަޖިލީހުން އާއްމު ކުރުމުން އިންސާފަށް ހުރަސް އެޅުނު: ސީޕީ ހަމީދު
ގެއްލުވާލާފައިވާ މީހުންނާއި މަރުތަކުގެ މައްސަލަ ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ތައްޔާރު ކުރި ޑްރާފްޓް ރިޕޯޓް މަޖިލީހުން އާންމު ކުރުމުން އިންސާފަށް ހުރަސް އެޅުނު ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ސީޕީ ހަމީދު މިފަދައިން ވިދާޅުވެފައިވަނީ ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. 

މަރުތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުން އެކުލަވާލި ޑްރާފްޓް ރިޕޯޓެއް މަޖިލީހަށް ހިއްސާކުރުމުން އެ ރިޕޯޓް މަޖިލީހުން އާއްމު ކުރިއެވެ. އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ، ތަހުގީގުތަކުގެ ފުރިހަމަ ރިޕޯޓު ނުނެރެވި އޮއްވާ ތަހުގީގުގެ ބައިބައި ރިޕޯޓް ޑްރާފްޓް ފޯމުގައި މަޖިލީހުން އާއްމު ކުރުމުން އެކަމާ "ޑިސަޕޮއިންޓް" ވިކަމަށެވެ. 

އެ ތަހުގީގުތައް ކުރިއަށް ގެންދަންޖެހޭނީ ގެއްލުވާލާފައިވާ އަދި މަރާލާފައިވާ ފަރާތްތަކުގެ އާއިލާތަކަށް އިންސާފު ހޯދައިދިނުމަށް ކަމަށާއި، ވަކި ކަހަލަ ފައިދާއެއް ނަގަން ނޫންކަމަށް ސީޕީ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ޑްރާފްޓް ރިޕޯޓް އާއްމު ކުރުމުން އިންސާފު ހޯދައި ދިނުމަށްޓަކައި ހުރަސްތަކެއް ކުރިމަތިވި ކަމަށެވެ. 

ސީޕީ ހަމީދު ވިދާޅުވީ މަރުތަކަށް އިންސާފު ނުލިބި ލަސްވަނީ ފުލުހުންގެ ސަބަބުން ކަމަށް ބައެއް ފަރާތްތަކުން ބުނާ ވާހަކަ ގަބޫލުނުކުރައްވާނެ ކަމަށެވެ. 

މަޖިލީހުގެ ބައެއް މެމްބަރުންނަށް ވަކި ވަކި ފުލުހުން ފާރަލާ ކަމަށާއި، ރެއިޑް ކުރުމަށް ރާވާކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވާހަކަތަކާއި ގުޅޭގޮތުން ވެސް ސީޕީ ހަމީދް ވާހަކަ ދައްކަވާފައިވެއެވެ. އެގޮތުން ވިދާޅުވީ، އެކަމާއި ގުޅިގެން މަޖިލީހުގެ ރައީސްއާއި ވާހަކަ ދެއްކެވި ކަމަށެވެ. އަދި ފުލުހުންގެ ފަރާތުން އެފަދަ އޮޕަރޭޝަނަލް އެކްޓިވިޓީއެއް ނުހިންގާކަން ވަރަށް ސާފުކޮށް ބުނެދީފައިވާނެ ކަމަށްވެސް ސީޕީ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް