ads
ބިދޭސީންގެ ސާމްޕަލް ނަގަނީ-- ފޮޓޯ: ސީއެންއެމް
ބަލިން ރަނގަޅުވި މީހަކު ދެވަނަ ފަހަރަށް ޕޮޒިޓިވްވެއްޖެ
މީގެ ކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ރަނގަޅުވެފައި ހުރި މީހަކު ދެވަނަ ފަހަރަށް ބައްޔަށް ޕޮޒިޓިވްވެއްޖެ އެވެ.

ޕޮޒިޓިވްވެފައި ވަނީ އިންޑިއާއަށް ފަރުވާއަށް ގޮސް ހުރި މީހެއްގެ އެހީތެރިއެކެވެ. މިދިޔަ އަންގާރަ ދުވަހު އެމީހާ ބައްޔަށް ޕޮޒިޓިވްވިއިރު އެމީހާއަކީ މިދިޔަ މެއި މަހުގެ ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ފަރުވާދިން މީހެއް ކަމަށް އާސަންދައިގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. 

އޮފިޝަލް ވިދާޅުވި ގޮތުގައި އޭރު ކަރަންޓީންގެ މުއްދަތު ހަމަވެ، ބައްޔަށް ނެގެޓިވްވެގެން އެމީހާ ދޫކޮށްލިއިރު އިންޑިއާއަށް ފުރުމުގެ ކުރިން ވެސް ބައްޔަށް ޓެސްޓްކުރި އެވެ. އަދި އެ ނަތީޖާ ވެސް ނެގެޓިވް ކަމަށް ވިދާޅުވި އެވެ.

އެއާއެެކު އިންޑިއާއަށް ބޭސް ފަރުވާއަށް ދިޔަ މީހުންގެ ތެރެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ތިނަކަށް އަރާފައިވާއިރު އޭގެ ތެރެއިން ދެ މީހުންނަކީ ބަލި މީހުންގެ އެހީތެރިންގެ ގޮތުގައި ދިޔަ މީހުންނެވެ. އަދި އަނެއް މީހާއަކީ ފަރުވާއަށް ދިޔަ މީހެކެވެ. 

އޮފިޝަލް ވިދާޅުވި ގޮތުގައި އެންމެންގެ ހާލު ވެސް ރަނގަޅެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް