ads
ޓާކިޝް އެއާލައިންގެ ފްލައިޓެއް/ ފޮޓޯ:ވީއައިއޭ
ޓާކިޝް އެއާލައިން ރާއްޖެ އަށް ކުރާ ދަތުރުތައް އަލުން ފަށައިފި
ކޮވިޑް-19 ގެ ސަބަބުން ދަތުރުތައް މެދުކަނޑާލާފައި އޮވުމަށް ފަހު ޓާކިޝް އެއާލައިން އިން ރާއްޖެ އަށް ކުރާ ދަތުރުތައް އަލުން ފަށައިފި އެވެ.

ޓާކިޝް އެއާލައިންގެ ދަތުރުތައް މިއަދު ފަށާފައިވާކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބުނެފައި ވާއިރު، މީގެ ކުރިން އެ އެއާލައިންގެ ދަތުރުތައް ފަށާނެ ކަމަށް ވީއައިއޭ އިން ބުނެފައި ވަނީ އޮކްޓޯބަރު މަހު އެވެ. 

ތިން މަސްދުވަހަށް ވުރެ ގިނަ ދުވަހު ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ބޯޑަރު ހުޅުވާލުމާއި އެކު މިހާރުވެސް 12 އެއާލައިނަކުން ރާއްޖެ ދަތުރުކުރަން ތާވާލުކޮށްފައި ވާކަމަށް ވީއައިއޭ އިން ބުނެ އެވެ. 

މިހާރުވެސް އެމިރޭޓްސް އާއި އިއްތިހާދު ފަދަ ބޮޑެތި އެއާލައިން ތަކުން ރާއްޖެ އަށް ދަތުރުކުރަން ފަށާފައި ވާއިރު، އެމިރޭޓްްސް އިން ވަނީ ރާއްޖެ އަށް އޮތް ޑިމާންޑް އިތުރުވުމާއި ގުޅިގެން އެ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމާފަ އެވެ. 

ބޯޑަރު ހުޅުވާލިތާ ދިހަ ދުވަސް ވެފައި ވާއިރު، 904 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ. އޭގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސް ފައި ވަނީ އިނގިރޭސިވިލާތުންނެވެ. 

އެމްއޭސީއެލް އިން ވަނީ އެއާޕޯޓަށްދާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް މީހުން ފުރުވަން އަދި ބަލައި އެއާޕޯޓަށް އެންމެ މީހަކު ދިއުމަށް އިލްތިމާސްކޮށްފަ އެވެ. 

ނިއު ނޯމަލްގައި ހިދުމަތް ދިނުމަށް އެއާޕޯޓު އޮތީ ތައްޔާރަށް ކަމަށް މީގެ ކުރިން ވެސް އެމްއޭސީއެލުން ވަނީ ބުނެފަ އެވެ. އެގޮތުން އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމަށްޓަކައި ފާހަގަތައް ވެސް ކުރަހާފައިވާއިރު އެއާޕޯޓުގެ އަށް ސަރަހައްދެއްގައި ތާމަލް ކެމެރާތައް ވެސް ބަހައްޓާފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް