ads
ޕްރިޔަންކާ
20 އަހަރު ފަހުން މިސް އިންޑިއާ ކަން ލިބުނު ވީޑިއޯ ޕްރިޔަންކާ ބަލައިފި
އިންޑިއާގެ ރީތީގެ ރާނީކަން 2000 ވަނަ އަހަރު ހޯދި ޕްރިޔަންކާ ޗޮޕްރާ މިވަނީ 20 އަހަރު ފަހުން ހަފުލާއެ ވީޑިއޯ ބަލާފަ އެވެ.

އިންސްޓަގްރާމް ގައި އޭނާގެ ފޭނުންނާ މި ވާހަކަ ހިއްސާ ކޮށްފައި ވާއިރު، ޕްރިޔަންކާ ވަނީ އެ ވީޑިއޯ އޭނާ ބަލަމުން ދައްކާފައިވާ ވާހަކަތަކާ އެކު ވީޑިއޯއެއް ވެސް ފޭނުންނާ ހިއްސާ ކޮށްފަ އެވެ. 

އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ވީޑިއޯގައި ޕްރިޔަންކާ ވަނީ 2000 ވަނަ އަހަރު މިސް އިންޑިއާ އޭނާ ކާމިޔަބު ކުރި އިރު އެ ޝޯގައި އޭނާ ލާފަ ހުރި ހެދުމާއި އިސްތަށިގަނޑަށް ހަދާފައި ހުރި ގޮތާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކާފަ އެވެ. 

އޭގެ އިތުރުން އޭނާ ވަނީ މިސް އިންޑިއާގެ ލަގަބު އޭނާ ހާސިލް ކުރުމުގައި އެންމެ ބޮޑު ރޯލެއް އަދާ ކުރި ސުވާލަށް އޭނާ ދިން ޖަވާބަށް ތައުރީފް ވެސް ކޮށްފަ އެވެ. 

މިސް އިންޑިއާގެ ލަގަބު ކާމިޔާބުކޮށް ޕްރިޔަންކާ ބޮލީވުޑަށް ނުކުތްތާ މިހާރު 20 އަހަރު ވެފައި ވާއިރު، އޭނާ ދަނީ ހޮލީވުޑްގައި ވެސް މިހާރު ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ. ޕްރިޔަންކާގެ 20 އަހަރުގެ ބޮލީވުޑް ކެރިއަރު ހަތް މިނެޓުން ދައްކައިދޭ ވީޑިއޯއެއް ވެސް ވަނީ ނެރެފަ އެވެ. 

އެ ވީޑިއޯ އިން ފެނިގެންދަނީ އެ 20 އަހަރުގައި އޭނާއަށް ލިބުނު މުހިއްމު އެވޯޑުތަކާއި މަސައްކަތްކުރި ބައެއް މުހިއްމު ފިލްމުތަކުގެ މަންޒަރުތަކެވެ. އަދި އޭނާއަކީ އެއާ ކްރާފްޓް އިންޖީނިއަރަކަށް ވުމުގެ އުއްމީދުގައި ހުރި ޒުވާނެއް ނަމަވެސް އެންމެ ފަހުން އާދެވުނީ ފިލްމީ ދާއިރާއަށް ކަމަށް ބުނެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް