ads
ދެވޮލީނާ ބުނީ ގޯޕީގެ ރޯލު ހަނދާން ނައްތާނުލެވޭނެ ކަމަށް!
ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޝޯ، "ސާތު ނިބާނާ ސާތިޔާ" ގެ ހަނދާން ދުވަހަކު ވެސް ނުނެތޭނެ ކަމަށް ގޯޕީގެ ރޯލުން މަގްބޫލުކަން ލިބުނު ދެވޮލީނާ ބަޓަޗާޖީ ބުނެފި އެވެ.

ގިނަ އަހަރުތަކެއް ވަންދެން ދެއްކި އެ ޝޯ ނިންމާލީ 2017 ވަނަ އަހަރުގެ ޖުލައި 23 ގަ އެވެ. 

ދެވޮލީނާ ބުނީ އެ ޝޯއަކީ އޭނާގެ ހަޔާތް ބަދަލުކޮށްލި ޝޯއެއް ކަމަށެވެ. އެގޮތުން އެއްވެސް ބަޔަކަށް "ގޯޕީ ބަހޫ" ގެ ހަނދާން ނައްތާލުމަކީ ފަސޭހަކަމެއް ނޫން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އެގޮތުން ޝޯގެ ބައިވެރިއަކަށް ވެވުމުން ފަހުރުވެރިވާ ކަމަށާއި އެ ޝޯ މަތިން ވަރަށް ހަނދާންވާ ކަމަށް ވަނީ ބުނެފަ އެވެ. އަދި ޝޯގެ ޝޫޓިންގެ ތެރެއިން ޖެހި ސަކަރާތް ހަނދާނުން ނުފިލާނެ ކަމަށް ވަނީ ބުނެފަ އެވެ. 

ދޭހާސް ދިހަ ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި އެ ޝޯ އެންމެ ފުރަތަމަ ގެނެސްދޭން ފެށިއިރު ގޯޕީގެ ރޯލުން ފެނިގެންދިޔައީ ގިއާ މަނެކް އެވެ. އެކަމަކު ފަހުން އެ ޝޯ ދޫކޮށް އޭނާ ދިއުމާއެކު އެ ރޯލު ލިބުނީ ދެވޮލީނާ އަށެވެ.

މިވަގުތު އެއްވެސް ޓީވީ ޕްރޮޖެކްޓެއްގައި ދެވޮލީނާ މަސައްކަތެއް ނުކުރެ އެވެ. އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ ކަލާސް އިން ދައްކާ މަޝްހޫރު ރިއަލިޓީ ޝޯ، ބިގް ބޮސް އިންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް