ads
މުކޭޝް އަމްބާނީ: ފޮޓޯ އަލްޖަޒީރާ
ދުނިޔޭގެ އެންމެ މުއްސަނދި ފަސް މީހުންގެ ލިސްޓަށް އިންޑިއާގެ އަމްބާނީ
ދުނިޔޭގެ އެންމެ މުއްސަނދި ފަސް މީހުންގެ ލިސްޓުގައި އިންޑާގެ މުކޭޝް އަމްބާނީ ހިމެނިއްޖެއެވެ.

މިއީ އިންޑިއާ އަދި އޭޝިއާ މީހެއްގެ ނަން މި ލިސްޓުގެ ފަސް ވަނައަށް އެރި ފުރަތަމަ ފަހަރެވެ. 

މީގެ ކުރިން މި ލިސްޓުގެ ގަދަ ފަހެއްގައި މުޅިންވެސް ހިމެނިފައިވަނީ ޔޫރަޕާއި، އެމެރިކާ އަދި މެކްސިކޯ މީހުންނެވެ. 

މި ލިސްޓުގެ ފަސް ވަނައިން މުކޭޝް އަމްބާނީ ޖާގަ ހޯދާފައިވަނީ ސްޓީވް ބަލްމާ ވައްޓާލުމަށްފަހުއެވެ. 

މުކޭޝްގެ އެސެޓުގައި މިހާރު 77.4 ބިލިއަން އެމެރިކާ އެބަހުއްޓެވެ. 

ހުކުރު ދުވަހު އަމްބާނީގެ އެސެޓު ވަނީ 3.5 ބިލިއަން ޑޮލަރު އިތުރުވެފައެވެ. މިހާރު އޭނާގެ މުއްސަނދިކަން ފޭސްބުކްގެ ވެރިޔާ މާކް ޒުކަބާގް އާއި ދާދި އެއްވަރެވެ.

އަމްބާނީ އަކީ ރިލަޔަންސް އިންޑަސްޓްރީގެ ޗެއާމަން އެވެ. އަދި އޭޝިއާ ސަރަހައްދުގައި ހުރި އެއްނެމެ މުއްސަނދި މީހަކީ ވެސް އޭނާ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް