ads
ފޮޓޯ:ސުޕަޗައިނާ ޑޮޓް ކޮމް--
ބެއިޖިންގެ މޫވީ ތިއޭޓަރުތައް އަލުން ހުޅުވާލައިފި
ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި ބަންދުކޮށްފައިވާ ޗައިނާގެ ކެޕިޓަލް ސިޓީ، ބެއިޖިންގެ މޫވީ ތިއޭޓާރުތައް އަލުން ހުޅުވާލައިފި އެވެ.

ޗައިނާގެ ވެރި ރަށް ބެއިޖިންގެ މޫވީ ތިއޭޓަރުތަށް އަލުން ހުޅުވާލައިފައި މިވަނީ، ކޮވިޑް-19 އައި ގުޅިގެން ބަންދުކޮށްފައި އޮތުމަށްފަހު، އެސިޓީގެ ބައެއް ސަރަހައްދު ތަކުން ބަލީގެ ރިސްކު ކުޑަވުމާއި ގުޅިގެން ދިން ލުއިތަކުގެ ތެރެއިންނެވެ. ބެއިޖިން ސިޓީގައި މިވަގުތު ކޮވިޑްގެ ކޭސެއް ނެތް ތަނެކެވެ.

ޗައިނާގެ ހާލަތު ރަނގަޅުވަމުންދާ މިދަނޑިވަޅުގައި އެ ގައުމުގެ އެކި ސިޓީތަކަށް ލުއިތައް ދޭން ފަށާފައިވާއިރު އާ ގާނޫނުގެ ދަށުން މޫވީ ތިއޭޓަރުތައް ހުޅުވާފައިވީނަމަވެސް ކޮވިޑްގެ ހާލަތުގައި އަމަލުކުރަން ޖެހޭ ގަވައިދެއް ވަނީ ހަދާފަ އެވެ. 

އޭގެތެރޭގައި ކުރިއާލާ، ޓިކެޓް ބުކް ކުރަން ޖެހުމާއި 30 އަދަދަށް ވުރެ ގިނަ މީހުނަށް ތިއޭޓަރަށް ނުވަދެވޭގޮތަށް ވަނީ ހަދާފަ އެވެ. މީގެ އިތުރުން ޝޯ ކުރިއަށް ދާވަގުތު ކެއުމާއި ބުއިމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ. އަދި ކޮންމެ މީހެއްގެ ހުން ބެލުމާއި، އޮންލައިން މެދުވެރިކޮށް ޓްރެވަލް ރިކޯޑް ނަގާ ގޮތަށްވެސް ގަވާއިދުގައިވަނީ ހިމަނާފަ އެވެ.

ތަނުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މާސްކް، ސެނެޓައިޒާ އަދި އަންގި ފަދަ ތަކެތި ތިއޭޓަރަށް ވަންނަ ކޮންމެ މީހަކަށް ދޭގޮތަށް ވަނީ ހަމަޖައްސާފަ އެވެ. 

ކޮވިޑް-19 ފެތުރެން ފެށި އިރު ބަލީގެ ހާލަތު އެންމެ ގޯސް ގައުމަކީ ޗައިނާއެވެ. އެހެންނަމަވެސް ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި އެގައުމުން އަަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާއިއެކު މިހާރު އެ ގައުމަކީ އެ ބަލީގެ ރިސްކް އެންމެ ކުޑަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

ކޮވިޑް-19 އަށް ޗައިނާއިން މިހާތަނަށް ޕޮޒިޓިވި މީހުންގެ އަދަދަކީ 85,921 މިހުންނެވެ. އަދި މިބަލިން 80,519 މީހުން ރަނގަޅުވެފައިވާއިރު، ބަލީގައި މަރުވި މީހުންގެ އަދަދު އުޅެނީ 4,653 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް