ads
ދިރާގުގެ ހެޑް އޮފީސް
އަހަރުގެ 2 ވަނަ ކުއާޓަރުގައި ދިރާގުގެ އާމްދަނީ ދަށަށް
މި އަހަރުގެ ފުރަތަމަ ކުއާޓާ އާއި އަޅާ ބަލާއިރު، ދެ ވަނަ ކުއާޓާގައި ކުންފުނީގެ އާމްދަނީ 25 އިންސައްތަ ދަށަށް ގޮސްފައި ވާކަމަށް ދިރާގުން ބުނެފި އެވެ.

ދިރާގުން ބުނީ ކޮވިޑް-19 ގެ ސަބަބުން އެކުންފުނިން ހާސިލް ކުރެވުނު މާލީ ނަތީޖާ އަށް ފާހަގަކުރެވޭ ވަރުގެ ބޮޑު އަސަރެއް ކޮށްފައި ވާކަމަށެވެ. 

އެގޮތުން މި ބަލިމަނޑު ކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކޮށްފައިވާ އަސަރާއި ގުޅިގެން ދިރާގުގެ ވިޔަފާރީގެ މުހިންމު ހުރިހާ ދާއިރާ އަކުން ވެސް ލިބުނު ޖުމްލަ ގޮތެއްގައި ދަށަށް ގޮސްފައިވާކަމަށް ދިރާގުން ފާހަގަކުރެ އެވެ. އަދި ދެ ވަނަ ކުއާޓާ ގައި މިހާ ބޮޑު އަސަރުކޮށްފައި ވަނީ ރާއްޖޭގެ ބޯޑަރު ބަންދުކޮށް، ރާއްޖެ އަންނަ ފަތުރުވެރިން އައުން ހުއްޓުމުގެ ސަބަބުންކަން ފާހަގަވެފައިވާކަމަށް ދިރާގުން ބުނެ އެވެ. 

ދިރާގުން ބުނީ މިދިޔަ ކުއާޓާގައި ކުންފުންޏަށް ލިބުނު ސާފު ފައިދާ 49 އިންސައްތަ ދަށްވެފައި ވާކަމަށެވެ. އަދި އާމްދަނީ އިން ހިއްސާއަކަށް ޖެހޭ މިންވަރުވެސް ފުރަތަމަ ކުއާޓާ އާއި އަޅާ ބަލާއިރު، 50 އިންސައްތަ ދަށަށް ގޮސްފައި ވާކަމަށް އެކުންފުނިން ބުނެ އެވެ. 

ދިރާގުގެ ރެކްޓަރުންގެ ބޯޑުން މި އަހަރުގެ އިންޓަރިމް ޑިވިޑެންގެ ގޮތުގައި 157،320،000 ރުފިޔާ ބަހަން ނިންމައި، ހިއްސާ އަކަށް 2.07 ރުފިޔާ ބަހަން ނިންމާފައިވާ ކަމަށް ދިރާގުން ބުނެ އެވެ. އެގޮތުން އޮގަސްޓް 11 ވަނަ ދުވަހުގެ 04:00 އާއި ހަމައަށް ކުންފުނީގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ހިމެނޭ ފަރާތްތަކަށް މި އިންޓަރިމް ޑިވިޑެންޑް ބެހުމަށް ދިރާގުން ވަނީ ނިންމާފަ އެވެ. 

އެކުންފުނިން ވަނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މަސައްކަތްކުރަނީ ހަމަހަމަ ގޮތެއްގައި ދުރު މުސްތަގުބަލްގެ އިންވެސްމެންޓްތައް ރާވައި ކުންފުނީގެ މާލީ ހާލަތު ވަރުގަދަ ކުރުމަށް ކަމަށް ބުނެފަ އެވެ. އަދި މާކެޓްގައި ދިމާވާ ގޮންޖެހުންތައް ގިނަ ދަނޑިވަޅުތަކުގައިވެސް ކުންފުނީގެ ހިއްސާދާރުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ނަފާ ހޯދައިދެވޭނެ ގޮތްތައް ހޯދުމަށް އެ ކުންފުނިން މަސައްކަތް ކުރާނެ ކަމަށް ވެސް ދިރާގުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް