ads
ކުރީގެ ނައިބް ރައީސް ޑރ. ޖަމީލް -- ފޮޓޯ: ރާއްޖެ އެމްވީ
ރާއްޖެ އަދިވެސް ހިމެނެނީ ނުރައްކާ ބޮޑު ގައުމެއްގެ ގޮތުގައި: ޖަމީލް
ކޮވިޑްގެ ނުރައްކަލުން ރައްކާތެރިވުމަށް ދުނިޔޭގެ އެކި ގައުމުތަކުން ސަލާމަތީ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރި ކަމުގައި ވީނަމަވެސް ރާއްޖެ ހިމެނެނީ އަދިވެސް ނުރައްކާ ބޮޑު ގައުމެއްގެ ގޮތުގައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް މިއަދު ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން އެންމެ ބޮޑު އިގްތިސޯދީ ހީނަރުކަމެއް އައިސްފައިވާ އެއް ގައުމަކީ ރާއްޖެ ކަމަށް ބުނެ ގިނަ ބަޔަކު އިންޒާރު ދެމުން އަންނަ ކަމަށެވެ. އަދި މި ބަލިމަޑުކަމުން ސަލާމަތްވުމަށް ދުނިޔޭގެ އެހެން ގައުމުތަކުން ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް ހަރުދަނާ ކުރި ކަމުގައި ވީނަމަވެސް ރާއްޖެ އަދިވެސް ހިމެނެނީ އެންމެ ނުރައްކާބޮޑު ގައުުމުތަކުގެ ތެރޭގައި ކަމަށްވެސް ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވަނީ ފޮރިންގް މިނިސްޓަރު އަބްދުﷲ ޝާހިދާށް ވަރަށް ފާޑު ވިދާޅުވެފައެވެ. 

"ފޮނިބައިސާ ކަނޑަމުން ހިންގެވުމަކުން ފަތުރުވެރިންނެއް ނާންނާނެ" ފޮރިން މިނިސްޓަރު ޝާހިދަށް ނިސްބަތްކޮށް ޖަމީލް ވިދާޅުވެފަައި ވެއެވެ.

މިިނިސްޓަރު ޝާހިދަށް ފާޑުވިދާޅުވަމުން ޖަމީލް އިތުރަށް ވިދާޅުވީ ޝާހިދަށް ބަރޯސާވެގެން ސިއްހީ ނިޒާމް އަޑި އަޅާލާފައި ވާކަމަށެވެ. އެއީ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއްކޮށް ވަޒީފާއަށް މީހުން އިތުރުކުރުމުގެ ސަބަބުން ކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި މިއީ ސަމާސާ ކުރާ ވަރަށް ވުރެ ބޮޑަށް ރާއްޖޭގެ އިގްތިސޯދު އަޑި އަޅާލާފައިވާ ދަނޑިވަޅެއް ކަމަށްވެސް ޖަމީލް ވިދާޅުވެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް