ads
ކުޅިވަރު ވަޒީރު ބުނަނީ ގާނޫނަކަށް ބަލާނެ ކަމެއްނެތޭ: އާޒިމް
ޕީޖީ ލީޑަރު އަލީ އާޒިމް އުޅުއްވީ ހަޑި އެއް ހާވަންކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލުފް ވިދާޅުވި ވާހަކަ އަށް އަލީ އާޒިމް ރައްދު ދެއްވައިފި އެވެ.

މަހުލޫފަށް ރައްދު ދެއްވާ އާޒިމް ވިދާޅުވީ ހިންގަން ބުނިއްޔާ ބުނި ހުތުރު ކަމަކީ އަދި ނުފޫޒެއް ފޯރުވިއްޔާ ފޯރުވި ނުފޫޒަކީ އެފްއޭއެމްގެ އެގްޒެކެޓިވް ކޮމެޓީއިން އެ އެސޯސިއޭޝަން ހިންގަމުންގެންދަނީ އެ އެސޯސިއޭޝަންގެ ހިންގާގަވާއިދާ، ދިވެހިރާއްޖޭގެ ކުޅިވަރުގެ ގާނޫނާ އަދި އެގާނޫނުގެ ދަށުން ބާރުލިބިގެން ހަދާފައިވާ "ކްލަބްޖަމިއްޔާ ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދު" ތަކާއި ހިލާފަށް ކަމުގައި ދެކޭ ކަމަށް ވިދާޅުވެ މަހުލޫފް އަށް ފޮނުއްވި ސިޓީ ކަމަށެވެ.

އާޒިމް ވިދާޅުވީ މަހުލޫފް އަށް ފޮނުއްވި ސިޓީގައި އެދިފައިވާނީ ދައުލަތް ހިންގަން ވަނީ ލިޔެފައިވާ ގާނޫނު އަސާސީ އާއި ގާނޫނުތަކާ އަދި ހަދާފައިވާ ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ. 

އާޒިމް މަހުލޫފް އަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އެފްއޭއެމްގެ އެގްޒެކްޓިވް ކޮމެޓީއިން އެ އެސޯސިއޭޝަން ހިންގަމުން ދަނީ ދިވެހިރާއްޖޭގެ ކުޅިވަރުގެ ގާނޫނާ އަދި އެގާނޫނުގެ ދަށުން ބާރުލިބިގެން ހަދާފައިވާ ކްލަބް ޖަމިއްޔާ ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދާއި ހިލާފަށްކަމަށެވެ.

އަދި އެފްއޭއެމްއިން އެކަންތައް އެގޮތަށް ކުރަމުން ގެންދަނީ ޔޫތު މިނިސްޓްރީއަށް ކުޅިވަރު ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އެއްވެސް ވަރަކަށް ތަންފީޒު ކުރަމުން ނުގެންދާތީ ކަމަށް އާޒިމް ވިދާޅުވިއެވެ.

ވޭމަންޑޫ އާއި ތިމަރަފުށީގެ ބައެއް މަޝްރޫއުތަކާ ގުޅޭ ގޮތުން ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ކުރައްވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މަޖިލީހަށް ވަޑައިގެން މިނިސްޓަރު މަހްލޫފް ވިދާޅުވީ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން ދިރާސާ ކުރަމުންދާ މައްސަލަ ނިމެންދެން އެފްއޭއެމުގެ އިންތިހާބު ފަސްކޮށްދޭން ކޮމެޓީން އެދުނު ގޮތަށް އެކަން ކުރުމަށް އެފްއޭއެމުގައި މިނިސްޓްރީން އެދުނު ކަމަށާއި އެހެން ނަމަވެސް އިންތިހާބު ހުއްޓުވާލުމަކީ ގާނޫނީ ގޮތުން މިނިސްޓްރީއަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. 

މަހުލޫފް އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، އުޅުއްވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އާންމު އިންތިހާބު ހުއްޓުވަން ކަމަށާއި އެ މަނިކުފާނު ލައްވާ ހަޑީ ކަންކަން ކުރުވަން އެމްޕީ އާޒިމް އުޅުއްވާތީ ވަރަށް ދެރަވާ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް