4293
CONFIRMED

DEATHS
2669
RECOVERED
🌏18,224,253
INFECTED
🌏10,865,548
RECOVERED
🌏692,679
DEATH
🌏60%
RECOVERY RATE
މަހްލޫފު އަދި އާޒިމް
މަހްލޫފުގެ އަރިހުން އެދުނުހާވެސް ކަމަކީ ގާނޫނުތަކާއި އެއްގޮތަށް ކަންކުރައްވާށޭ: އާޒިމް
Share
ކުޅިވަރު ވަޒީރު އަހްމަދު މަހްލޫފުގެ އަރިހުން އެދިވަޑައިގެންނެވި ހަމައެކަނި ކަމަކީ ދައުލަތް ހިންގަންވާނީ ލިޔެފައިވާ ގާނޫނު އަސާސީ އާއި ގާނޫނުތަކާ އަދި ހަދާފައިވާ ގަވާއިދުތަކާ އެއްގޮތަށް ކަމަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ. އާޒިމް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މަހްލޫފު ހުސްވި ހަފުތާ ތެރޭ ވިދާޅުވެފައިވަނީ އެމްޑީޕީގެ ޕީޖީ ލީޑަރު އާޒިމް، މަހްލޫފު ލައްވާ "ހަޑި ކަންތައް" ކުރުއްވަން އުޅުއްވި ކަމަށެވެ.

 އެކަމަށް ރައްދު ދެއްވައި އާޒިމް މިއަދުވަނީ މަހްލޫފަށް ހުސްވި ޖޫން މަހުގެ ތެރޭގައި ފޮނުއްވި ސިޓީއެއް އާއްމު ކުރައްވާފައެވެ. މި ސިޓީގައި އާޒިމްވަނީ ކުޅިވަރު ޤާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި ހަވާލާދެއްވާ ބައެއް ކަންކަން މަހްލޫފުގެ ސަމާލުކަމަށް ގެންނަވާފައެވެ.

އަޅުގަނޑު ހިންގަންބުނިއްޔާ ބުނި ހުތުރު ކަމަކީ , ނުފޫޒެއް ފޯރުވިއްޔާ ފޯރުވި ނުފޫޒަކީ މި ފެންނަ ސިޓީ. މިސިޓީގައި އެދިފައިވާނީ ދައުލަތް ހިންގަން ވަނީ ލިޔެފައިވާ ގާނޫނު އަސާސީ އާއި ގާނޫނުތަކާ އަދި ހަދާފައިވާ ގަވާއިދުތަކާ އެއްގޮތަށޭ. ކުޅިވަރު ވަޒީރު ބުނަނީ ގާނޫނަކަށް ބަލާނެ ކަމެއްނެތޭ

ހުސްވި ހަފުތާތެރޭ މަހްލޫފުވަނީ ކުޅިވަރު ޤާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުގެ ބައެއް މާއްދާތަކަކީ "މިސްޓޭކެއް" ކަމަށާއި އެއަށް އަމަލު ކުރަން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ނުޖެހޭނެ ކަމަށްވެސް ވިދާޅުވެފައެވެ. ކުޅިވަރު ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދަށް އެފްއޭއެމުން އަމަލު ކުރަން ނުޖެހޭނެ ކަމަށް ވިދާޅުވުމުގެ އިތުރުން މަހްލޫފު ގެންދަވަނީ އެފްއޭއެމުން އެ އިދާރާގެ ހިންގާ ގަވާއިދާ ޚިލާފަށް އެކުލަވާލާފައިބާ އެކްސްކޯ ދިފާޢު ކުރައްވަމުންނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް