ads
އާސަންދަ އޮފީސް-- ފޮޓޯ: އަވަސް
އިންޑިއާއަށް ބޭސް ފަރުވާއަށް ދިޔަ ތިން މީހަކު މަރުވެއްޖެ
އާސަންދައިގެ ދަށުން އިންޑިއާއަށް ބޭސް ފަރުވާއަށް ދިޔަ ތިން މީހަކު މަރުވެއްޖެ އެވެ.

އާސަންދައިގެ މީޑިއާ އޮފިޝަލް މިރޭ ސީއެންއެމްއަށް ވިދާޅުވި ގޮތުގައި މި ތިން މީހުން ވެސް މަރުވެފައި ވަނީ ތިން ދުވަހު މަތިންނެވެ. އަދި އެއީ ހާލު ބޮޑު ބަލި މީހުންތަކެއް ކަމަށް ވެސް ވިދާޅުވި އެވެ. 

އޮފިޝަލް ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ ބަލި މީހާ މަރުވެފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުގެ މެންދުރު 14:20 ގަ އެވެ. 

އަދި ދެވަނަ ބަލި މީހާ މަރުވެފައި ވަނީ މިމަހުގެ 17 ވަނަ ދުވަހުގެ 4:56 ގައި ކަމަށާއި ތިން ވަނަ މީހާ މަރުވެފައި ވަނީ 18 ވަނަ ދުވަހުގެ 15:18 ގައި ކަމަށް އޮފިޝަލް ވަނީ ވިދާޅުވެފަ އެވެ. 

އެ ތިން ބަލި މީހުންނަކީ ވެސް ދެ ވަނަ ބެޗުގައި ދިޔަ މީހުން ކަމަށް ވަނީ ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް