ads
ޔުނާން އާއި އޭނާގެ ދަރިފުޅު މުލިއާގެ ކުރިމަތީ
ތުއްތު ކުއްޖާ އިންޑިއާއަށް ބޭސް ފަރުވާއަށް ފޮނުވުމަށް ދަނީ މަސައްކަތްކުރަމުން: އާސަންދަ
ދިވެހި ފިލްމީ ތަރި، މުހައްމަދު ޔުނާންގެ ދަރިފުޅު، އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް އާސަންދައިން ބުނެފި އެވެ.

އާސަންދައިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މައިންބަފައިން އެދިފައިވަނީ އަމްރިތާ ހޮސްޕިޓަލަށް ފޮނުވައިދިނުމަށް ކަމަށާއި އެހެން ނަމަވެސް މިހާރު ފަރުވާއަށް އިންޑިއާގެ އަމްރީނާއަށް ގޮސް ތިބި ބަލިމީހުންނާއި އެހީތެރިންގެ ތެރެއިން ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެމީހުން ވަކިން ކަރަންޓީނުކޮށް މީހުން ވަކިން އައިސޮލޭޓް ކުރަން ޖެހުމާ ގުޅިގެން މިވަގުތު އަމްރިތާ ހޮސްޕިޓަލުގެ އިތުރަށް ކަރަންޓީނުކޮށްގެން ފަރުވާދެވޭނެ ޖާގަނެތް ކަމަށެވެ. 

އެހެންކަމުން ބުދަ ދުވަހު ފަރުވާއަށް ފުރާ ބެޗް ފޮނުވުމަށް ހަމަޖެހިފައިވަނީ ކިމްސް ހޮސްޕިޓަލަށް ކަމުން ކިމްސް ހޮސްޕިޓަލަށް ދާން ކުއްޖާގެ މައިންބަފައިން ބޭނުން ނުވުމުން، ދެން އަމްރީނާއަށް ފޮނުވާ ބެޗެއްގައި އެ ކުއްޖާވެސް ފޮނުވާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. 

އަދި ވަކިންވެސް ކުއްޖާ އަމްރީނާއަށް ފޮނުވޭނެ ގޮތެއް ހަމަޖެހޭތޯ އާސަންދައިން މަސައްކަތް ކުރަމުންދާކަމަށް ވަނީ ބުނެފަ އެވެ.

ތުއްތު ކުއްޖާ އިންޑިއާއަށް ބޭސް ފަރުވާއަށް ފޮނުވުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އާސަންދައިން ހާމަކުރިއިރު އެކުއްޖާގެ ބައްޕަ މިއަދު ވަނީ ތުއްތު ދަރިފުޅުގެ ފުރާނައަށް މުލިއާގެ ދޮރުމަތީގައި އާދޭސް ކުރާ މަންޒަރު ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފަ އެވެ.

ވިހެއުމަށް ފަހު 72 ގަޑި އިރުގެ ތެރޭގައި އޯޕަން ހާޓް ސާޖަރީއެއް ހަދާފައިވާ އެ ތުއްތު ކުއްޖާއަށް ވަނީ ފުރާނަ ސަލާމަތްކުރަން އިތުރު ސާޖަރީއެއް ވެސް ހަދަން ޖެހިފަ އެވެ.

ޔޫންގެ ސާޖަރީ ހެދި ހޮސްޕިޓަލް، އަކީ އާސަންދައިގެ ހިދުމަތް ލިބޭ ހޮސްޕިޓަލެއް ނޫން ކަމުން ކުއްޖާގެ ބައްޕަ ވަނީ ސަރުކާރުގެ ކިބައިން އެކަމަށް އެދިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް