ads
މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ގައުމުގެ އިގްތިސާދުގައި ދިރުމެއް ނެތް ނަމަ މިނިވަންކަމަށް ބުރުއަރާނެ: ރައީސް
ގައުމެއްގެ މިނިވަންކަމަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވާ އެއްކަމަކީ ގައުމެއްގެ އިގްތިސާދު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވާ ވާހަަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ މުޅި ރާއްޖޭގެ އިގްތިސާދު ކަރުތާ ފެނަށް ގަންބަވާލައިފި ކަމަށެވެ. 

ލޮކްޑައުންގައި ތިން މަސް ދުވަސް ހޭދަ ކުރުމަށް ފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ނަމަވެސް އިގްތިސާދީ ގޮތުން އަދިވެސް އޮތީ ދަތި އުނދަގޫ ދުވަސްތަކެއް ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ. 

ރައީސް އިތުރަށް ވިދާޅުވީ، މިއަހަރުގެ ފަހުކޮޅަށް ދާއިރު، ފަތުރުވެރިކަން ރަނގަޅުވެ ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި އެހެން ނަމަވެސް މިކަން ހާސިލު ކުރެވޭނީ ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި ތަނެއްގެ ޔަގީންކަން ބޭރު ދުނިޔެއަށް ލިބިގެން ކަމަށެވެ. އަދި މި އިތުބާރު ލިބޭނީ ޑޮކްޓަރުންގެ އިރުޝާދު ތަކަށް އަމަލުކޮށް، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ. 

މިހާލަތަށް ގައުމު ގޮސްފައިވާ ދުވަސްވަރެއްގައި މިނިވަން ދުވަސް ފާހަގަކުރާއިރު، ވިސްނުމަށް އަންނަނީ ގައުމުގެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށް ޓަކައި އެންމެންގެ ކޮޑުގައި އެޅިފައި އޮތް ޒިންމާގެ ބޮޑުކަން ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތަކުގެ ގިނަ ކަމާއި ވާން ޖެހިފައިވާ ގުރުބާނީގެ މަތިވެރިކަން ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. 

ގައުމުގެ މިނިވަންކަމަށް ނުރަނގަޅު އަސަރު ފޯރުކުރުމުގައި އެންމެ އިސް ދައުރެއް އަދާ ކުރާ އެއް ކަމަކީ އިގްތިސާދަށް އަންނަ ހީނަރުކަން ކަމަށް ފާހަގަކުރައްވާ ރައީސް ވަނީ ގައުމުގެ އިގްތިސާދުގައި ދިރުމެެއް ނެތް ނަމަ އެ ގައުމެއްގެ މިނިވަންކަމަށް އަބަދުވެސް ނުރައްކާތަކާ ކުރިމަތިވާނެ ކަމަށް ވިދާޅުވެފަ އެވެ. 

ރައީސް ވަނީ ރާއްޖޭގެ އިގްތިސާދު މިހާރުވެސް ބިނާވެފައި ވަނީ ދިވެހިން ތަރައްގީ ކުރި ދެ ސިނާއަތެއްގެ މައްޗަށް ކަމަށް ފާހަގަކުރައްވާފަ އެވެ. 

އެގޮތުން ދޮށީގެ މަސްވެރި ކަމަކީ މުޅި ދުނިޔެއިން ވެސް ފާހަގަކޮށްލެވޭ ދިވެހިންގެ އަމިއްލަ އުފެއްދުމެއް ކަމަށާއި ރާއްޖޭގެ ފަތުރުވެރި ކަމަކީ ވެސް ދިވެހިންގެ އަމިއްލަ ވިސްނުމުގެ މައްޗަށް ތަރައްގީކޮށް ދުނިޔޭގެ މަގްބޫލުކަން ހޯދާފައިވާ ސިނާއަތެއް ކަމަށް ރައީސް ވިދާޅުވި އެވެ. 

އޭގެ އިތުރުން މިއީ ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރަންވީ ވަގުތު ކަމަށާއި މިއީ އިގްތިސާދީ ހަރަކާތްތަކުގައި އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން އިތުރު ކުރަންވީ ވަގުތު ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި ރާއްޖޭގެ ގުތުރަދީ ވަސީލަތްތަކުގެ ބޭނުން ކުރަންވީ ވަގުތު ވެސް އައިސްފި ކަަމަށް ރައީސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް