ads
ޗޮކޮލޭޓް
މެޓާ އާއި ޗޮކުލެޓުން ނަގާ ޑިއުޓީ 15 އިންސައްތަ އަށް ބޮޑުކޮށްފި
އަންނަ މަހުން ފެށިގެން ސިއްހަތަށް ގެއްލުން ދޭ ބާވަތްތަކުގެ ޑިއުޓީ ބޮޑުކުރަން ނިންމައި، މެޓާ އާއި ޗޮކްލެޓުން ނަގާ ޑިއުޓީ 15 އިންސައްތަ ބޮޑުކޮށްފި އެވެ.

ކަސްޓަމްސް އިން ބުނިގޮތުގައި މޭވާ އާއި ތަރުކާރީ އަދި ފުށުން ތައްޔާރުކޮށްފައިވާ ތަކެތި ފިޔަވާ އެހެން ބާވަތްތަކުގެ ލުއި ކާނާ އިން އޮގަސްޓް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ފަސް އިންސައްތަ ޑިއުޓީ ނަގާނެ އެވެ. 

އޭގެ އިތުރުން، މެޓާ، ޗުއިންގަމް އަދި ޝުގާ ކޮންފެކްޝަނަރީގެ ގޮތުގައި ބޭނުންކުރާ ބާވަތްތަކުގެ ޑިއުޓީ ފަސް އިންސައްތަ އިން 15 އިންސައްތަ އަށް އިތުރު ކުރަން ނިންމާފައި ވާކަމަށް ކަސްޓަމްސް އިން ބުނެ އެވެ. 

އަދި ސޮސެޖާއި އެފަދަ ބާވަތްތަކުގެ އިތުރުން ގިނަ އަދަދަކަށް ހަކުރު އެކުލެވޭ ތައްޔާރީ ބުއިންތަކުން ވެސް 15 އިންސައްތަ އިމްޕޯޓް ޑިއުޓީ ނަގާނެ ކަމަށް ކަސްޓަމަސް އިން ބުނެ އެވެ. 

އިމްޕޯޓް އެކްސްޕޯޓް ގާނުނަށް ގެނައި ބަދަލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވާފައި ވަނީ ޖުލައި 23 ވަނަ ދުވަހު އެވެ. 

ގާނޫނަށް އައި އެ ބަދަލާއި އެކު ސިގިރެޓާއި ދުންފަތް އެކުލެވޭ ބާވަތްތައް ބޭނުންކުރުމުން ދުރުހެލިކުރުމާއި ޢާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމަށްޓަކައި، ސިގިރެޓާއި ދުންފަތް އެކުލެވޭ ބާވަތްތަކުން ނެގޭ ޑިއުޓީގެ ތިނެއް އިންސައްތަ، ޕަބްލިކް ހެލްތް ފަންޑަށް ޖަމާ ކުރަންޖެހެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް