ރާއްޖޭގެ އުތުރުގެ ރަށެއްގައި އިންޑިއާ މީހުން އާބާދުކުރުމަށް އިންޑިއާ ސަރުކާރުން ދިވެހިރާއްޖޭގެ ސަރުކާރަށް ހުށަހަޅާފައިވާ ކަމަށް ފެތުރޭ ވާހަކަ ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވެސް މިއަދު ވަނީ ދޮގުކުރައްވާފަ އެވެ. އޮންލައިން ނޫހެއްގައި އެކަމާއި ގުޅިގެން ލިޔެފައިވާ ރިޕޯޓެއް ދޮގު ކުރައްވާ، ހޫދު ވިދާޅުވީ "އެއީ ރޯބުހުތާނު ދޮގު" ކަމަށެވެ.
އެ ރިޕޯޓުގައިވާ ވާހަކަތައް ފައްޔާޒު ވެސް ދޮގު ކުރައްވަ އެވެ. އަދި ވިދާޅުވީ، ސަރުކާރާއި ދެކޮޅަށް ލިޔެފައިވާ އެ ދޮގު ލިޔުމުގެ ހަގީގަތް ހޯދުމަށް މަޖިލީހާއި ކަމާއި ބެހޭ އިދާރާތަކަށް ހުށަހަޅުއްވާނެ ކަމަށެވެ.
ހއ. ދައްޕަރުގައި އިންޑިއާ މީހުން އާބާދުކުރަން އުޅޭކަމަށް ރިޕޯޓްކުރާއިރު އެކަމާއި ގުޅިގެން ހޫދުގެ ޓްވީޓުގައި ވަނީ "ސެކަންޑް ހޯމް" ކޮންސެޕްޓަކީ ވިސްނުމެއް ނަމަވެސް އެތަނަކީ ވަކި ގައުމެއްގެ ބަޔަކު ގެންނަން ކުރާ މަސައްކަތެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި އެއީ ވިސްނުމެއް ކަމަށާއި މިހާތަނަށް އެކަމަށް ކޮންޓްރެކްޓަރަކު އަދި ފަންޑުކުރާނެ މީހަކު ވެސް ހޯދާފައި ނުވާ ކަމަށެވެ.