އެމްއޭސީއެލް އިން ބުނެފައިވާ ގޮތުން އެ ކުންފުނީގެ އެމްޑީ އަދި ސީއީއޯ ގެ މާގަމަށް ހަވާލުވެވަޑައިގެންފައި ވަނީ އިނގިރޭސީ ވިލާތުގެ ގޯޑަން އެންޑްރޫ ސްޓުއާޓް ކަމަށެވެ.
އެކުންފުނިން މުވައްޒަފުންނަށް ފޮނުވާފައިވާ ސާކިއުލާގައި ވަނީ ގޯޑަން އެންޑްރޫ ސްޓުއާޓް ޖުަލައި 26 ވަނަ ދުވަހު މަގާމާއި ހަވާލުވެފައި ވާކަމަށެވެ. އެހެން ނަމަވެސް ރާއްޖެ އަށް ދަތުރުކުރާ ފަރާތްތަކުން ފުރިހަމަ ކުރަން ޖެހޭ ކަރަންޓީންގެ މުއްދަތު ހަމަވަންދެން ސަރުކާރާއި، ސްޓޭކްހޯލްޑަރުންނާއި މުއާމަލާތުކުރެއްވުމާއި، ވީއައިޕީ، އަދި ވީވީއައިޕީ ހިދުމަތްތައް ހިންގަވާނީ ކުންފުނީގެ ޖެނެރަލް މެނޭޖަރު، އިބްރާހިމް ހަރީފު ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.
އޭގެ އިތުރުން އެއާޕޯޓް އެމަޖެންސީ އޮޕަރޭޝަންތައް ހިންގަވާނީ ޑެޕިއުޓީ ޗީފް އޮފިސާ ފަޔާޒު ކަމަށާއި، އެމްޑީ ބިއުރޯ ހިންގަވާނީ ޖެނެރަލް މެނޭޖަރު މިސްބާހު އަހްމަދު ކަމަށް އެކުންފުނިން ބުނެ އެވެ.
އެމްއޭސީއެލް އިން ވަނީ މީގެ ކުރިން އެ ކުންފުނީގެ އެކްޓިން އެމްޑީގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދެވި މުސާ ސޯލިހް ކުންފުނީގެ މަސައްކަތުން ރިޓަޔާ ކުރެއްވި ކަމަށް ވެސް ބުނެފަ އެވެ.