ads
ކަރީނާ ކަޕޫރު--
ލަންޑަން ގައި ހުރި ޝާހްގެ ގެ ބޭނުން: ކަރީނާ
ލަންޑަން ގައި ހުރި ޝާހްރުކް ހާންގެ ގެ ބޭނުން ކަމަށް ކަރީނާ ކަޕޫރް ހާން ބުނެފި އެވެ.

ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި ބޮލީވުޑްގެ ތަރިންގެ އަތުން ކަރީނާ ބޭނުމީ ކޯއްޗެއްތޯ ވަނީ ސުވާލު ކޮށްފަ އެވެ.

އެގޮތުން ޝާހް ގެ ގެ ބޭނުން ކަމަށް ކަރީނާ ބުނެފައި ވާއިރު، ސަލްމާން ހާން އަތުން ބޭނުމީ ކޯއްޗެއްތޯ ސުވާލު ކުރުމުން އޭނާ ބުނެފައި ވަނީ ބޭނުމީ ސަލްމާންގެ ފޭނުން ކަމަށެވެ. އަދި އޭނާގެ ފިރިމީހާ ސައިފްގެ އަތުން ބޭނުން ވަނީ ކޯއްޗެއްތޯ ސުވާލު ކުރުމުން، ސައިފްގެ އަތުގައި ހުރި އެއްޗެެއް ނަމަ އެއީ އޭނާގެ އެއްޗެހި ނޫންތޯ ކަރީނާ ވަނީ ބުނެފަ އެވެ. 

އެހެން ނަމަވެސް ސައިފް ގެ އަތުން އެއްޗެއް އޭނާ ނަގާނަމަ ބޭނުމީ ސައިފްގެ ސިކުނޑި ކަމަށް ކަރީން ބުނެ އެވެ. އެއީ ސައިފް އަކީ ވަރަށް ވިސްނުން ތޫނު އަދި ކަންކަމާ މެދު ވަރަށް ތަފާތު ނަޒަރަކުން ބަލާ މީހެއް ކަމަށް ކަރީނާ ފާހަގަކުރި އެވެ. 

އަންހެން ތަރިންގެ ތެރެއިން ޕްރިޔަންކާގެ އަތުން އޭނާ ބޭނުން ވަނީ ޕްރިޔަންކާގެ އަޑު ކަމަށާއި ދިޕިކާގެ އަތުން އޭނާ ބޭނުން ވަނީ އޭނާގެ ހިނިތުންވުން ކަމަށް ކަރީނާ ބުނެ އެވެ. 

އާލިއާ ބަޓްގެ އަތުން ބޭނުން ވަނީ ކޯއްޗެއްތޯ އެހުމުން ކަރީނާ ބުނެފައި ވަނީ އާލިއާ އަކީ ވަރަށް ހުނަރުވެރި ތަރިއެއް ކަމަށާއި އޭނާގެ އަތުން ކަރީނާ ބޭނުމީ ހުނަރު ކަމަށް ބުނެފަ އެވެ. 

ކަރިނާ ބޮލީވުޑްގައި ހޭދަކުރި 20 އަހަރުގެ ތެރޭގައި ގިނަ ފިލްމުތަކަކުން ފެނިިފައި ވަނީ މުޅިން ތަފާތު ރޯލުތަކުންނެވެ. އެގޮތުން ބައެއް ފިލްމުތަކުން ހެއްވާ މަޖާ ރޯލުތަކުން ފެނިގެންދާއިރު ވަރަށް ލާނެއް މީހެއްގެ ރޯލުންނާއި ސީރިއަސް އަދި ލޯބީގެ ގިނަ ރޯލުތަކުން ވެސް އޭނާ ވަނީ ފެނިގެންގޮސްފަ އެވެ. 

ގިނަ ބައެެއްގެ ލޯބި ހޯދާފައިވާ، ކަރީނާގެ އެންމެ ކަމުދާ ރޯލެއްގެ ގޮތުގައި ބައެއް މީހުން ސިފަކުރަނީ "ޕޫ" ގެ ރޯލެވެ. އެ ރޯލުގައި އޭނާ ދައްކުވައިދިން ކުޅަދާނަ އެކްޓިންގެ ވާހަކަ މިއަދު ވެސް މީހުން ދައްކަ އެވެ. އެއީ ހަނދާނުން ނުފިލާނެ ފަދަ ރޯލެއްގެ ގޮތުގައި މީހުން ސިފަކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް