ads
އިންޑިއާގެ ބޮޑުވަޒީރާއި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް
އިގްތިސާދީ ހީނަރުކަމުން އަރާގަތުމަށް ބޮޑު އެހީއެއް ދޭން ނިންމައިފި
ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖޭގެ އިގްތިސާދު ހީނަރުވެފައިވާ މި ދަނޑިވަޅުން އަރައިގަތުމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށް ބޮޑު އެހީއެއް ދޭން ނިންމައިފި އެވެ.

ދިވެހިރާއްޖޭގެ 55 ވަނަ މިނިވަން ދުވަހާއި ގުޅިގެން އިންޑިއާ ސަރުކާރުން ބުނީ ރާއްޖޭގެ ހީނަރުވެފައިވާ އިގްތިސާދުން އަރާގަތުމަށް، ބޮޑު ފައިނޭންޝަލް ޕެކޭޖެއް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ.

ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ސަންޖޭ ސުދީރު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރެއިން ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންވާ ބޭހާއި، ސިއްހީ ދާއިރާއަށް އެހީތެރިކަމުގެ އިތުރުން ކާބޯތަކެތީގެ ބޮޑެތި އެހީތައް އިންޑިއާއިން މިހާރު ވެސް ފޯރުކޮށްދީފައި ވާނެކަމަށެވެ. އަދި އިންޑިއާ އާއި ރާއްޖެއާ ދެމުދު ވެފައިވާ ކަރަންސީ ސްވޮޕް ފެސިލިޓީ ނުވަތަ ފައިސާ ބަދަލު ކުރުމުގެ އެއްބަސްވުން އެކްޓިވޭޓްކޮށް 400 މިލިއަން ޑޮލަރު ބޭނުން ކުރުމުގެ ފުރުސަތު ފަހިކޮށްދެވިފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އިންޑީއާ ސަފީރު ވިދާޅުވީ އެގޮން ދެ ގައުމުގެ މެދުގައި އޮތް ގުޅުމަކީ ތާރީހުގެ ތެރެއިން އުފެދިގެން އައި ގުޅުމެއް ކަމަށާއި ކޮންމެ ދުވަސްވަރެއްގައި ވީނަމަވެސް ދެގައުމުގެ ރަހްމަތްތެރި ކަމުގެ ގުޅުން ހީނަރުވެގެން ނުދާނެ ކަމަށެވެ. އަދި ދުވަހެއް ދުވަހަކަށް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވަމުން ދާކަން ފާހަގކުރައްވާ ސަފީރު ވިދާޅުވީ ރާއްޖޭގެ "އިންޑިއާ ފަސްޓް" އަދި އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ބިންގަލުގެ މަތީގައި ދެމިތިބޭނެ ކަމަށެވެ.

އިންޑިއާއާއެކު ރާއްޖޭން ވެފައިވާ 400 މިލިއަން ޑޮލަރުގެ ކަރެންސީ ސޮވޮޕްގެ އެއްބަސްވުމަކީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރައީސް ސޯލިހް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ސޮއި ކުރެއްވި 1.4 ބިލިއަން ޑޮލަރުގެ އިގްތިސޯދީ ޕެކޭޖްގެ ބައެއް ކަމަށް އިންޑިއާގެ ސަރުކާރުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް