ads
ޑރ. ނަޒްލާ ރަފީގް-- ފޮޓޯ: ރައީސް އޮފީސް
ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު 60 އިން މައްޗަށް!
ކޮވިޑް-19 އަށް ޕޮޒިޓިވްވާ ދުވަސްވީ މީހުން ގިނަވާތީ ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު މިހާރު ގިނަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ، ނަޒްލާ ވިދާޅުވީ ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު މިހާރު އިތުރުވަމުން ދާކަމަށެވެ. އަދި ބަލި ޖެހޭ ދިވެހިން އިތުރުވަމުން ދާކަންވެސް ފާހަގަކުރެއްވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ މާލޭ ސަރަހައްދުގައި އޮތް ބަލީގެ ބިރުވެރިކަމެއް އެއްގޮތަކަށް ފިލައިގެން ނުދާކަމަށެވެ. އަދި މިހާރު ޓްރެންޑަށް ބަލާއިރު ކޭސްތައް އިތުރުވަމުންދާކަން ފާހަގަކުރެވެމުން ދާކަމަށާއި އަނބުރާ ފުލް ލޮކްޑައުންއަކަށް ދިއުމުގެ ކުރިން ބައްޔާއި އެކީގައި އުޅެން ދަސްކުރަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"ކޭސްތަކުގެ އަދަދަކަށް އިކަންޏެއް ނޫން ބަލަނީކީ. ތަފާތު އިންޑިކޭޓަރުތައް އެބަހުރީ. އެއީ ލުއިތަކުން ކޮން ކަންތައްތަކެއްތޯ ރެސްޓްރިކްޓްކުރާނީ. 14 ދުވަހަކުން އިންޑިކޭޓާތައް ރިވިއުކުރުމަށް ފަހު ފިޔަވަޅު އަޅާނީ،" ނަޒްލާ ވިދާޅުވި އެވެ.

ކޭސްތައް ފެންނަ މިންވަރު މަދުވާން ފެށުމުން ލޮކްޑައުންއަށް ލުއިތަކެއް ދީފައިވާއިރު، ތިންވަނަ ފިޔަވަހީގެ ލުއިތަކާއި ހިސާބަށް އާދެވިފައި ވަނިކޮށް އަނެއްކާވެސް ލޮކްޑައުންއަކަށް ދާން ޖެހެދާނެ ފަދަ މޭރުމަކުން ނަޒްލާ ވާހަކަދައްކަވާފައިވެ އެވެ. 

ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަން ފެށުމާއި ގުޅިގެން ނަޒްލާ ވިދާޅުވީ ކޭސްތައް އިތުރުވޭތޯ ބަލާނީ ހަމައެކަނި ކޭސްތަކުގެ އަދަދަކަށް ނޫންކަމަށެވެ. އެކަން ބެލުމަށްޓަކައި ތަފާތު އިންޑިކޭޓަރުތައް އެބަހުރި ކަމަށާއި ކޭސްތައް އިތުރުވާނަމަ ދެވިފައިވާ ލުއިތަކުގެ ތެރެއިން ފާއިތުވި 14 ދުވަހުގެ ތަފާސްހިސާބުތަކަށް ބެލުމަށްފަހު ބައެއް ލުއިތައް އިތުރަށް ހަރުދަނާ ކުރަން ޖެހެދާނެ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.

މިއަދު 50 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 3,302 އަށް އަރާފަ އެވެ.  

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް