ads
ޑރ. ނަޒްލާ ރަފީގް--
އެއްވެސް ފަތުރުވެރިއެއްގެ ފަރާތުން ކޮވިޑްގެ އަލާމާތެއް ފެނިފައެއް ނުވޭ
ކޮވިޑް-19 އާއިގުޅިގެން ބޯޑަރުތައް އަލުން ހުޅުވާލި ފަހުން ރާއްޖެ އައި އެއްވެސް ފަތުރުވެރިއެއްގެ ފަރާތުން ކޮވިޑްގެ އަލާމާތެއް ހުރެގެން ރިޕޯޓް ކޮށްފައި ނުވާ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

މިރޭ ކުރިޔަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަޒްލާ ވިދާޅުވީ މި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލި ފަހުން މިހާތަނަށް 3،057 މީހަކު ރާއްޖެ އައިސްފައިވާކަމަށެވެ. އެހެން ނަމަވެސް އެއްވެސް މީހެއްގެ ފަރާތުން ކޮވިޑް19 ގެ އެއްވެސް އަލާމާތެއް ފެނިގެން މިހާތަނަށް ރިޕޯޓުކޮށްފައި ނުވާކަމަށް ނަޒްލާ ވިދާޅުވިއެވެ.

"3057 މީހަކު ވަނީ ރާއްޖެއަށް އައިސްފައިވޭ. އެއްވެސް މީހެއްގެ ގައިން ބަލީގެ އަލާމާތް ފެނިގެން މިހާތަނަށް ރިޕޯޓްކޮށްފައެއް ނުވޭ." ނަޒްލާ ވިދާޅުވެފައިވެ އެވެ.

ރާއްޖެ އައި 3057 މީހުންގެ ތެރޭގައި ފަތުރުވެރިންނާއި ދިވެހީންވެސް ހިމެނެއެވެ. މީގެ ތެރެއިން ބަލީގެ އަލާމާތްތައް ހުރެގެން،  އެއާޕޯޓުގައި އަދި އެމީހުން ރިސޯޓަށާއި އެހެން ރަށްރަށަށް ދިއުމަށް ފަހުވެސް އެއްވެސް ފަތުރުވެރިއަކު ބައްޔަށް ޕޮޒިޓިވްވެގެން މިހާތަނަށް ރިޕޯޓް ނުކުރާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ބޯޑަރު ހުޅުވާލައި ރިސޯޓުތައް އޮޕަރޭޓްކުރަން ފަށާފައި ވާއިރު، މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓުހައުސްތައް ހުޅުވަން ކުރިން ނިންމާފައި އޮތީ އޯގަސްޓު މަހުއެވެ. ނަމަވެސް އަލުން އެ ނިންމުން ރިވިއު ކުރުމަށްފަހު އަންނަ މަހު ގެސްޓްހައުސްތައް ނުހުޅުވަން ސަރުކާރުން ވަނީ ނިންމާފައެވެ. މިކަމާއި ގުޅޭގޮތުން ނަޒްލާ ވިދާޅުވީ ގެސްޓްހައުސްތައް ހުޅުވާނެ މުއްދަތު އެނގޭނީ ހާލަތަށް ބެލުމަށް ފަހުގައިި ކަމަށެވެ. އަދި ކަނޑައެޅިގެން ވަކި ތާރީހެއް ދަންނަވަން ނޭނގޭ ކަމަށާއި ހާލަތަށް ބެލުމަށްފަހު ގެސްޓް ހައުސްތައް ހުޅުވާ މުއްދަތު އަދިވެސް ފަސްކުރަން ޖެހިދާނެ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް