ads
ބްލަޑް ޕްރެޝަރު މަތިވަނީތަ؟ މިބުއިންތަކުން ދަށް ކޮށްލެވިދާނެ
ބްލަޑް ޕްރެޝަރު މަތިވާނަމަ މި ބުއިންތަކުގެ އަޖުމަ ބަލާލާށެވެ.

ބްލަޑް ޕޮރެޝަރު މަތިވުމަކީ ސިއްހީ ގޮތުންވެސް އޭގެ ނުރައްކާ އިންސާނާއަށް ކުރާކަމެކެވެ. އާންމު ގޮތެއްގައި ބްލަޑް ޕްރެޝަރު މަތިވަނީ އާންމު ދިރިއުޅުމުގައި އަޅާ ނުލާ ދޫކޮށްލެވޭ ބައެއް ކަންތައްތަކުގެ ސަބަބުންނެވެ. ނޫންނަމަށް ސިއްހީގޮތުން ގެންގުޅެވޭ ބައެއް ނުރަނގަޅު އާދަތަކުގެ ސަަބަބުން ވެސް ބްލަޑް ޕްރެޝަރު މަތި ވެދާނެއެެވެ. 

އާންމު ކޮށް ބޮލަޑް ޕްރެޝަރު މަތިވުމުން ޑޮކްޓަރަށް ދައްކާލައިފިނަމަ ގިނަ ދުވަސްތަކަށް ބޭސް ކާން ޖެހެއެެވެ. ބޭސް ބޭނުންކުރިނަމަވެސް އެއީ ދާއިމީ ފަރުވާއަކަށް ނުވެއެެވެ. އެހެންކަމުން ޑޮކްޓަރަށް ދައްކާ ދާއިމީ ގޮތަކަށް ބޭސް ކެއުމުގެ ކުރިން މި ބުއިންތަށް ބޭނުން ކޮށްލައިގެން ޕޮރެޝަރު ދައްކޮށްލެވޭތޯ ބަލާލުން ކީއްތޯއެވެ؟

  • ކޮފީ: 

ކޮފީއަކީ މީހާ ތާޒާ ކޮށްލާ ގައިގަ ވަރުޖައްސާލަދޭ ބުއިމެކެވެ. މިސާލަކަށް ހެދުނު ހޭލާއިރު ނިދިއައިސްފަ ހުރިނަމަ ކޮފީއެއް ބޯލުމުން ނިދިފިލާ މީހާ ތާޒާކޮށްދެއެވެ. އަދި މީހާ މުޅި ދުވަހު އެކްޓިވް ކޮށް ދިނުމުގައިވެސް ކޮފީގެ ދައުރު ބޮޑެވެ. 

your imageބްލަޑް ޕްރެޝަރު ދައްކޯށްލުމަށް ކޮފީ އަކީ ވަރަށް ރަނގަޅު ބުއިމެއް

  • ޓޮމާޓޯ ޖޫސް:

ބަަލަޑް ޕްރެޝަރު އެއްވަރެއްގައި ހިފަހައްޓާ ދިނުމަށް ޓޮމާޓޯ ޖޫސް ވަރަށް ބޮޑަށް އެހީތެރިވެދެއެވެ. ހަމަ މިގޮތަށް އަންނާރު ޖޫހަކީވެސް ބަލަޑް ޕްރެޝަރު ދައްކޮށްލުމަށް އެހީވެދޭ ޖޫހެއްކަން ފާހަގަކޮށްލެވެެއެވެ.

your imageޓޮމާޓޯ ޖޫސް

  • ކަޅުސައި:

ކަޅުސައިގައި ހިމެނޭ އެންޓިއޮކްސިޑެންޓް ގެ ސަބަބުން ބޮލަޑް ޕްރެޝަރު ދަށްކޮށްލުމަށް އެހީ އަކަށް ވެއެވެ.

your imageކަޅުސައި

  • ސްމޫތީ:

އެންމެ ކާހިތްވާ ސިއްހީގޮތުުން ފައިދާ ކުރާ ތަރުކާރީއަކާއި މޭވާއެއް، ސްމޫތީއާއި އެއްކޮށް ގިރާލުމަށްފަހު ބޯލާށެވެ. އޭރުންވެސް ބްލަޑް ޕްރެޝަރު ދައްކޮށްލުމަށް އެހީ އަކަށް ވާނެއެވެ.

your imageސްމޫތީ

  • އަންނާރު ޖޫސް:

އަންނާރު ޖޫހަކީވެސް ބަލަޑް ޕްރެޝަރު ދައްކޮށްލުމަށް އެހީވެދޭ ޖޫހެކެވެ.

your imageއަންނާރު ޖޫސް

ބްލަޑް ޕްރެޝަރު ދައްކޮށްލާ އެއްވަރެއްގައި ހިފަހައްޓާލުމަށް ސިއްހަތަށް ރަނގަޅު ކާނަ ކެއުމަކީވެސް މުހިންމު ކަމެކެވެ. ނަމަވެސް ގިނަ މީހުންނަށް ބްލަޑް ޕްރެޝަރު މަތިވާކަން އިހްސާސް ނުކުރެވޭ ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެއެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ޑޮކްޓަރަށް ދައްކައިގެން ބްލަޑް ޕުރެޝަރު އަބަދުވެސް ޗެކް ކުރަމުން ދިޔުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް