ads
ކަސްޓަމްސް ބިލްޑިން-- ފޮޓޯ: ރާއްޖެ އެމްވީ/ މުހައްމަދު ޝަރުހާން
ކަސްޓަމްސްގެ ޑިކްލަރޭޝަން ހުށަހަޅާ ސިސްޓަމްގެ ހިދުމަތް މެދުކަނޑާލަނީ
ކަސްޓްމްސްގެ ޑިކްލަރޭޝަން ހުށަހެޅުމަށް ބޭނުންކުރާ އަސީކުޑާ ސިސްޓަމްގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލަން ނިންމައިފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގެނެވުނު 17 ވަނަ އިސްލާހާ އެއްގޮތަށް ޑިކްލަރޭޝަން ހުށަހެޅުމަށް ބޭނުންކުރާ އަސީކުޑާ ސިސްޓަމް ކޮންފިގާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންކަމުން ޖުލައި 31 ވަނަ ދުވަހުގެ 18:00 ގައި، އެ ސިސްޓަމް މެދުވެރިކޮށް ދެވޭ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލާނެ ކަމަށެވެ. ކަސްޓަމްސްއިން ބުނީ އެ ހިދުމަތް އަލުން ދޭން ފަށާނީ އޮގަސްޓު 01 ވަނަދުވަހުގެ 00:00 ގައި ކަމަށެވެ.

މިކަން ހާމަކޮށް ކަސްޓަމްސްއިން ކުރި އިއުލާނުގައި ވަނީ، ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް 17 ވަނަ އިސްލާހު ގެނެސް، ރާއްޖެއަށް އެތެރެކުރެވޭ މުދަލަށް ޑިކްލަރޭޝަން ނިންމުމާއި ޑިއުޓީ ނެގުމުގައި އަމަލުކުރާނެ އުސޫލު ވެސް އާންމުކޮށްފަ އެވެ. 

އިއުލާނުގައި ބުނެފައިވަނީ 17 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަންފަށާ ތާރީހަކީ އަންނަ އޮގަސްޓް މަހުގެ އެއްވަނަ ދުވަސް ކަމަށެވެ. އަދި އެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު ރާއްޖެއަށް އެތެރެކުރެވޭ މުދަލަށް ޑިކްލަރޭޝަން ނިންމުމާއި ޑިއުޓީ ނެގުމުގައި އަމަލުކުރާނެ ގޮތްތައް ވެސް ކަނޑައަޅާފައިވެ އެވެ. 

  • އަންނަ މަހުގެ އެއް ވަނަ ދުވަހުގެ 00:00 ގެ ކުރިން ރާއްޖެއައިސް އިންވާރޑް ކްލިއަރެންސް ނަގައިފައިނުވާ އުޅަނދުތަކުން ގެނެސްފައިވާ މުދަލަށް އެވަގުތުގެ ކުރިން ޑިކްލަރޭޝަން ހުށަހަޅައިފައިވާނަމަ، އެ ޑިކްލަރޭޝަން ނިންމައި ދިނުމުގައި ފަހުގެ އިސްލާހާ އެއްގޮތަށް އަމަލުކުރުން.
  •  މި ތާރީހު ގެ ކުރިން ރާއްޖެއައިސް އިންވާޑް ކްލިއަރެންސް ނަގާފައިނުވާ އުޅަނދުތަކުން ގެނެސްފައިވާ މުދަލަށް އެވަގުތުގެ ކުރިން ޑިކްލަރޭޝަން ހުށަހަޅައިފައިވުމާއެކު، އެވަގުތުގެ ކުރިން ޑިކްލަރޭޝަން ނިންމައި ދީފައިވާނަމަ، ފަހުގެ އިސްލާހު އެއްގޮތަށް އެ ޑިކްލަރޭޝަން އިސްލާހުކުރުން. 
  • ކުރިން ރާއްޖެ އައިސް އިންވާޑް ކްލިއަރެންސް ނަގާފައިނުވާ އުޅަނދުތަކުން ގެނެސްފައިވާ މުދަލަށް އެވަގުތުގެ ކުރިން ޑިކްލަރޭޝަން ނިންމައިދީފައިވުމުން، ޑިއުޓީ ދައްކާފައިވާނަމަ، ފަހުގެ އިސްލާހާ އެއްގޮތަށް އެ ޑިކްލަރޭޝަން އިސްލާކުރުމުން ޑިއުޓީއަށް އަންނަ އުނިއިތުރާ އެއްގޮތަށް ޑިއުޓީ ދެއްކުމަށް ނުވަތަ ރިފަންޑަށް އެދުމަށް އެންގުން. 

އިއުލާނުގައި އިތުރަށް ބުނެފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ 00:00 ގެ ކުރިން ރާއްޖެ އައިސް އިންވާޑް ކްލިއަރެންސް ނަގައިފައިވާ އުޅަނދުތަކުން ގެނެސްފައިވާ މުދަލަށް އެވަގުތުގެ ކުރިން ޑިކްލަރޭޝަން ހުށަހަޅައިފައިވާނަމަ އެޑިކްލަރޭޝަން ނިންމައި ދިނުމުގައި އެ އިސްލާހަށް ނުބަލާނެ ކަމަށެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް