ads
މޯލްޑިވިއަންގެ ފްލައިޓްގައި މިއަދު ފުރި ބަގްލަދޭޝް މީހުން--- ފޮޓޯ:މްލްޑިވިއަން
ބަންގްލަދޭޝްގެ އިތުރު 200 މީހަކު ގައުމަށް ފޮނުވާލައިފި
ބަންގްލަދޭޝްގެ އިތުރު 200 މީހަކު އަނބުރާ ގައުމަށް ފޮނުވާލައިފި އެވެ.

މޯލްޑިވިއަން މިއަދު ބުނީ އެ އެއާލައިންގެ ފްލައިޓެއްގައި އިތުރު 200 ބަންގްލަދޭޝް މީހަކު މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްއިން ފުރާފައިވާ ކަމަށެވެ. 

އެ ފްލައިޓް ދާނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ކަމަށް ވެސް މޯލްޑިވިއަނުން ބުނެ އެވެ. 

އެ އެއާލައިނުން މިހާތަނަށް ބަންގްލަދޭޝް މީހުން ގައުމަށް ގެންދިއުމަށް 20 އަށްވުރެ ގިނަ ދަތުރުވަނީ ކޮށްފައެވެ.

ސަރުކާރާއި މޯލްޑިވިއަން ގުޅިގެން ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުން އަނބުރާ ގައުމަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނައިރު މިމަހުގެ 13 ވަނަ ދުވަހު ވެސް މޯލްޑިވިއަންގެ ފްލައިޓެއްގައި އެގައުމުގެ 200 މީހަކު ގައުމަށް ފޮނުވާލާފައިވެ އެވެ. 

އެގޮތުން މިހާރު ކުރިއަށްދާ އޮޕަރޭޝަނަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝްގެ މީހުން ފޮނުވާލުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ. 

ކުރިއަށް އޮތް ދުވަސްތަކުގައި 5،000 އެއްހާ ބަންގަލަދޭޝް މީހުން ފޮނުވާލެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްތައް ސަރުކާރުން ކުރަމުންދާ އިރު، މިހާރު 3000 އަށް ވުރެ ގިނަ ބަންގްލަދޭޝް ރައްޔިތުން އަނބުރާ އެ ގައުމަށް ވަނީ ފޮނުވާލާފަ އެވެ.  

މޯލްޑިއަންގެ ފްލައިޓުތަކުގެ އިތުރުން، ރާއްޖެއަށް އައި އެގައުމުގެ އަސްކަރިއްޔާގެ ފްލައިޓެއްގައި ވެސް މީހުންވަނީ ގެންގޮސްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް