ads
ކްރިސްޓިއާނޯ ރޮނާލްޑޯ
ރޮނާލްޑޯގެ ގޯލާއި އެކު ޔުވެންޓަސް އިޓާލިއަން ލީގު ކާމިޔާބުކޮށްފި
ކްރިސްޓިއާނޯ ރޮނާލްޑޯގެ ގޯލާއި އެކު، ސަމްޕްޑޯރިއާ ބަލިކޮށް އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ޔުވެންޓަސްއިން ހޯދައިފިއެވެ. މިއީ ޔުވެންޓަސްއިން ވިދިވިދިގެން ލީގު ހޯދި ނުވަވަނަ ފަހަރެވެ.

ލީގުގައި އަދި އަތް ނުލާ އޮތް ދެ މެޗު އޮއްވާ ޔުވެންޓަސްއިން ލީގު ކަށަވަރުކުރީ، އަށްޑިހަ ތިން ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގަ އޮތް އިންޓަރ މިލާނަށް ބާކީ ދެ މެޗުން މޮޅުވެގެންވެސް ހޯދޭނީ ގިނަ ވެގެން އަށްޑިހަ ދެ ޕޮއިންޓެވެ.

ރޭގެ މެޗުގައި ފުރަތަމަ ގޯލް ޖަހާ ޔުވެންޓަސްއަށް ކުރި ހޯދައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އަދި ދެވަނަ ގޯލް އެ ޓީމަށް ޖަހައިދިނީ ފެޑެރިކޯ ބާނަޑެސްކީ އެވެ. ރޭގެ ގޯލާއި އެކު ރޮނާލްޑޯ ޖެހި ގޯލުގެ އަދަދުވަނީ އެއް ތިރީހަށް އަރާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް