ads
ފޮޓޯ:--
ހަރަމްފުޅު ހުޅުވާލުމަށް ތައްޔާރުވެއްޖެ
ކޮވިޑް-19 އާއި ގުޅިގެން ހަރަމްފުޅު ބަންދުކުރުމަށްފަހު، ސަލާމަތީ ފިޔަވޅުތަކާއި އެކު އަލުން ހަރަމްފުޅު ހުޅުވާލަން ނިންމައިފި އެވެ.

ތިން ވަރަކަށް މަސް ފަހުން އަލުން ހަރަމްފުޅު ހުޅުވިއިރު، ކޮވިޑް-19 އާއި ގުޅިގެން ގައިދުރުކަމަށް ފާހަގަޖަހައި، ސަލާމަތީ ފިޔަވަޅުތައްވަނީ ހަރުދަނާކޮށްފައެވެ. 

މައްކާގެ ހަރަމްފުޅު ހައްޖާޖީންނަށް ހުޅުވާލުމަށް މިހާރު ވަނީ ތައްޔާރުވެ ނިމިފައިވާކަމަށް ސައުދީން ބުނެއެވެ. 

ނަމާދުކުރާއިރު ކޮންމެ ދެ ހައްޖުވެރިއެއްގެ ދެމެދުގައި ދޮޅު މީޓަރުގެ ދުރުމިނެއް ހުންނަ ގޮތަށް ފާހަގަ ޖެހުމާއި ތަވާފްކުރާ ހިނދު ގެފުޅުގައި ބީހުމާއި ބޮސްދިނުން މިއަހަރު ވަނީ މަނާކޮށްފައެވެ. 

ނަމާދުކުރާ މީހުންނާއި ތަވާފްކުރާ މީހުން ތިބެންޖެހޭ ތަންތަން ވަނީ ނޫކުލައިން ފާހަގަކޮށްފައެވެ.

މިއަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވާ މީހުންގެ އަދަދު 10000 އަށް މަދުކޮށްފައިވާކަމަށް ސައުދީ ސަރުކާރުން ބުނެފައިވާއިރު، މި ހުއްދަ ދޫކޮށްފައިވަނީ 160 ގައުމަކަށެވެ.

ހައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވާ މީހުން މިހާރު ތިބީ މައްކާގެ ހޮޓަލްތަކުގައި ކަރަންޓީނުވެގެންނެވެ. ހައްޖުވެރިން ހޮވުމަށް މިފަހަރު އެގައުމުން އިސްކަން ދީފައިވަނީ އަދި ހައްޖުގެ އަޅުކަން އަދާ ނުކުރާ މީހުންނަށް ފުރުސަތު ދިނުމަށެވެ. މިކަން ކުރިޔަށް ގެންގޮސްފައިވަނީ އޮންލައިން ޕޯޓަލެއް މެދުވެރިކޮށެވެ.

ފުރުސަތު ދިން މީހުންގެ ތެެރޭގައި ފަސް ދިވެއްސަކު ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ހުސް ސައުދީގައި ތިބި މީހުންކަން ފާހަގަކޮށްލެވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް