ads
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު-- ފޮޓޯ: ރައީސް އޮފީސް
އިންކަމް ސަޕޯޓު އެލަވަންސް 6632 މީހަކަށް ދީފި
ކޮވިޑް 19 ގެ ބަލިމަޑުކަމާއި ގުޅިގެން އިގްތިސާދީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް 6632 މީހަކަށް އިންކަމް ސަޕޯޓު އެލަވަންސް ދީފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން ބުނީ 27.2 މިލިއަން ރުފިޔާ މިހާތަނަށް ދޫކޮށްފައިވާކަމަށެވެ.

އިންކަމް ސަޕޯޓު އެލަވަންސް ދޫކުރުމަށް ނިންމާފައިވަނީ، އޭޕްރީލް މެއި އަދި ޖޫން މަހަށެވެ. 

އިތުރު މަސްތަކަކަށް ދޫކުރާނެކަން ނުވަތަ ނޫންކަން ކަނޑައަޅާނީ މި ތިން މަހުގެ އެލަވަންސް ދޫކުރުމަށްފަހު ކަަމަށް ސަރުކާރުން ބުނެއެވެ. 

އިންކަމް ސަޕޯޓު އެލަވަންސް ގޮތުގައި ކޮންމެ މީހަކަށް ވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ 5،000 ރުފިޔާއެވެ.  

އެލަވަންސް ހޯދުމަށް ފޯމާއި އެކު ބޭންކް ސްޓޭޓްމަންޓާއި، މުސާރައިގެ ސުލިޕާއި، ވިޒީފާ އަދާކުރިކަން ނުވަތަ ގެއްލުނުކަން އަންގެދޭ ލިޔުން ފަދަ ލިތުންތައް ހުށަހަޅަންޖެހެއެވެ. 

ކޮވިޑް 19 އާއި ގުޅިގެން ދިވެހިރާއްޖޭގައި މަސައްކަތް ކުރާ ބައި ލައްކައެއްހާ މަސައްކަތްތެރިންގެ އާމްދަނީ އަށް އަސަރުކޮށްފައިވެއެވެ. 

އިކޮނޮމިކް މިނިސްޓްރީން ހެދި ދިރާސާއެއްގައި ބުނެފައިވަނީ ޖުލައިގެ ނިޔަލަށް ޓޫރިޒަމް ދާއިރާގެ 22،000 އަށްވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލޭނެ ކަމަށެވެ.

އިންކަމްސަޕޯޓު އެލަވަންސައް އެދި ހުށަހެޅުމުގައި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހޯދުމުގައި ދަތިތަކެއް ހުރިކަމަށް ބުނެ މަސައްކަތްތެރިން ގެންދަނީ ޝަކުވާކުރަމުންނެވެ. އެހެން ނަމަވެސް އެ މައްސަލައަށް މާބޮޑު ހައްލެއް މިހާތަނަށް ހޯދައި ދެވިފައެއް ނުވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް