ads
ޑރ. ޖަމީލް--
ނަތީޖާ ފޮނިވާނެ، ކުރިންވެސް ނިމިދިޔައީ ގަދަބަސް ބުނަނިކޮށް: ޖަމީލް
އިދިކޮޅު ކޯލިޝަންގެ މުޒާހަރާތަކުގެ ނަތީޖާތައް ފޮނިވާނެ ކަމަށާއި އެމްޑީޕީގެ ކުރީގެ ވެރިކަންވެސް ނިމިގެން ދިޔައީ ގަދަބަސް ބުނަނިކޮށް ކަމަށް ކުރީގެ ނާއިބު ރައީސް އަދި މިހާރުގެ އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ މުޒާހަރާތައް ކުރިޔަށް ދާނެކަަމަށެވެ. އަދި މިހާރު ހުރިހާ ކަމެއް ބޮއްސުންލާފައިވާ ކަމަށާއި އިދިކޮޅު ލީޑަރު ޖަލަށްލީ މުޑުދާރުކޮށް ޖުޑިޝަރީއަށް އަތް ބާނައިގެން ކަމަށް ޖަމީލް ވިދާޅުވެފައި ވެއެވެ. 

"މުޒާހަރާ ކުރިއަށްދާނެ. އިރާދަކުރެއްވިއްޔާ ނަތީޖާ ފޮނިވާނެ. ހިލާ ގައުމް ވިއްކައެއް ނުލެވޭނެ. ކުރިންވެސް ނިމިދިޔައީ ގަދަބަސް ބުނަނިކޮށް،" ޖަމީލްގެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.

ޖަމީލް މިފަދައިން ވިދާޅުވެފައިވާއިރު ރޭ އިދިކޮޅު ކޯލިޝަނުން ވަނީ މާލޭގައި މުޒާހަރާ ކޮށްފައެވެ. ރޭ ޗާންދަނީ މަގާއި މަޖީދީ މަގު ގުޅޭ ސަރަހައްދުގައި އިދިކޮޅު ޕީއެންސީ އާއި ޕީޕީއެމް ގުޅިގެން ބޭއްވި މުޒާހަރާގައި އިދިކޯޅު ކޯލިޝަންގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގަނެފައެވެ.

އިދިކޮޅު ފަރާތްތަކުން ބޭއްވި މި މުޒާހަރާ ލީޑް ކުރެއްވި އެއް ބޭފުޅަކީ ތ. ގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ޣައްސާން މައުމޫނެވެ. މިއީ ފަހުގެ ތާރީހެއްގައި މިފަދަ މުޒާހަރާއަކުން ޣައްސާން ފެނުނު ފުރަތަމަ ފަހަރެވެ.

30 މީހުންނަށް ވުރެ ގިނަ މީހުން އެއްވެ ހަރަކާތްތައް ހިންގުން މަނާކޮށްފައިވަނިކޮށް އިދިކޮޅުން ބޭއްވި މުޒާހަރާގައި އިޖުތިމާއީ ގައިދުރުކަމަށް ބެލި މަންޒަރު ފެނިގެންގޮސްފައެއް ނުވެ އެވެ. ޖެހިޖެހިގެން ކަހަލަ ގޮތަށް އެއްވުމުގެ ބައިވެރިން ތިބިއިރު މާސްކް އަޅާފައި ހުރިއިރު ބައެއް މީހުންގެ ނޭފަތް ވެސް ރަނގަޅަށް ނުފޮރުވެ އެވެ.

މި މުޒާހަރާ ރުޅާލުމަށް އެ ސަރަހައްދުގައި ފުލުހުން ވެސް ހަރަކާތްތެރިވިއިރު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް