ads
ކުރެއްދޫ ރިސޯޓް--
300 ވިޔަފާރިއަކަށް ރިކަވަރީ ލޯން ދޫކޮށްފި
ކޮވިޑް-19 ގެ ސަބަބުން ރިސޯޓުތަކަށާއި ބޮޑެތި ވިޔަފާރިތަކަށް ދިމާވި ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވުމަށް ސަރުކާރުގެ އިކޮނޮމިކް ޕެކޭޖްގެ ދަށުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ދޫކުރާ ލޯންތައް މިހާތަނަށް 330 ވިޔަފާރިއަކަށް ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައިފި އެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން ބީއެމްއެލް އިން ވަނީ މިހާތަނަށް 475.5 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފަ އެވެ. އަދި 6.0 މިލިއަން ޑޮލަރު މިހާތަނަށް ލޯނުގެ ގޮތުގައި ދޫކޮށްފައިވާކަމަށް ތަފާސްހިސާބުތައް ދައްކައެވެ. 

މިހާތަނަށް 542 ފަރާތަކުން ލޯނަށް އެދި ހުށައަޅާފައިވާ ކަމަށް ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާ އިރު، އޭގެ ތެރެއިން 367 ފޯމް އެޕްރޫވް ކޮށްފައި ވެއެވެ. އަދި 128 ފޯމު ރަނގަޅަށް ފުރިހަމަ ނުވާކަމަށް ފިނޭންސް އިން ބުނެ އެވެ.

ލޯނަށް އެދި ހުށައަޅާފައިވާ ފޯމުތަކުގެ ތެރެއިން 16 ފޯމު ރިޖެކްޓުކޮށްލާފައި ވާއިރު، މިވަގުތު ޕްރޮސެސިން ގައި 31 ފޯމު އެބައޮތް ކަމަށް ތަފާސްހިސާބުތައް ދައްކަ އެވެ. 

ބީއެމްއެލް އިން ވަނީ ލޯނަށް ފައިސާ ދޫކުރުމުގެ މަރުހަލާ ނިމޭނީ ކަސްޓަމަރުން ބޭންކަށް އަނބުރާ ފޮނުވަންޖެހޭ ލިޔުންތައް ފޮނުވުމުންކަމަށް ބުނެފަ އެވެ. އަދި ކަސްޓަމަރުން ވިހާވެސް އަވަހަކަށް އެ ލިޔުންތައް ފޮނުވުމަށް ބީއެމްއެލުން އިލްތިމާސްކުރެ އެވެ. 

ކޮވިޑް-19 އާ ގުޅިގެން ރިސޯޓްތަކާއި އަހަރެއްގެ މައްޗަށް ޓާންއޯވާގެ ގޮތުގައި ދިހަ މިލިއަނަށްވުރެ މަތީ އަދަދެއް ހޯދާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ސަރުކާރުން ގާއިމްކޮށްފައިވާ ރިކަވަރީ ސްކީމްގެ ދަށުން ބޭންކް އޮފް މޯލްޑިވްސްއިން ދޫކުރާ ލޯނު ތަކަކީ އެއްވެސް ރަހުނަކާ ނުލައި، ހަ އިންސައްތައިގެ އިންޓްރެސްޓްގައި ދޫކުރާ ފައިނޭންސިން އެކެވެ. 

އެ ފައިނޭންސިން އަނބުރާ ދެއްކުމަށް ހަ މަހުގެ ގްރޭސް ޕީރިއަޑެއް ހިމެނިގެން ޖުމްލަ ތިން އަހަރުގެ މުއްދަތެއް ލިބޭ އިރު، އެ ގްރޭސް ޕީރިއަޑްގައި އިންޓްރެސްޓް އަދި ޕްރިންސިޕަލް ޕޭމަންޓް ދައްކަން ނުޖެހޭނެ ކަމަށް ބީއެމްއެލުން ބުނެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް