12889
CONFIRMED

DEATHS
11717
RECOVERED
🌏60,973,636
INFECTED
🌏39,069,813
RECOVERED
🌏1,432,047
DEATH
🌏64%
RECOVERY RATE
ނަޖީބް ރައްޒާގް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން--
ނަޖީބް ރައްޒާޤްގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެއްޖެ
Share
މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބް ރައްޒާޤްގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތު ވެއްޖެ އެވެ.
Advertisement

މެލޭޝިޔާގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތްކަމަށް ބުނާ މި މައްސަލައިގައި ނަޖީބް ރައްޒާގްގެ މައްޗަށް ހަތް ދައުވާއެއް ކޮށްފައިވެ އެވެ. އަދި ކޯޓުން ކަނޑައަޅާފައިވަނީ އެ ހަތް ދައުވާވެސް ނަޖީބް ރައްޒާގްގެ މައްޗަށް ސާބިތުވާ ކަމަށެވެ. 

ނަޖީބް ރައްޒާގްގެ މައްޗަށް ދައުވާ ކޮށްފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ 4.5 ބިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލައިގެ ތެރެއިން 10 މިލިއަން ޑޮލަރުގެ މައްސަައެއްގައެވެ. މީގެ އިތުރުންވެސް އޭނާގެ މައްޗަށް އިތުރު ދައުވާތަކެއް ކޮށްފައިވެ އެވެ. 

މެލޭޝިއާގެ ހައިކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ ނަޖީބް ރައްޒާގާއި ދެކޮޅަށް ހުށަހަޅާފައިވާ ހެކިތަކުން އޭނާގެ މައްޗަށް ޝައްކެއް ނެތް މިންވަރަށް ދައުވާތައް ސާބިތުވާ ކަމަށެވެ. 

މެލޭޝިޔާގައި 2009 ވަނަ އަހަރުން 2018 ވަނަ އަހަރަށް ބޮޑުވަޒީރުކަން ކުރެއްވި ނަޖީބްގެ މައްޗަށް ބޮޑެތި ކުށްތަކެއް ސާބިތުވާކަމަށް ކަނޑައަޅާ އަދި އިތުރު ދައުވާތަކެއް އުފުލާފައިވާއިރު މިއީ މެލޭޝިއާގައި ބޮޑުވަޒީރުކަން ކުރައްވާފައިވާ ފަރާތަކާއި ދެކޮޅަށް މިފަދަ މައްސަލައެއް ސާބިތުވި ފުރަތަމަ ފަހަރެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް