11316
CONFIRMED

DEATHS
10284
RECOVERED
🌏41,171,337
INFECTED
🌏28,040,056
RECOVERED
🌏1,130,606
DEATH
🌏68%
RECOVERY RATE
ފޮޓޯ: އެމްއޭސީއެލް
ޑިއުޓީ ފްރީ ފިހާރައިން ޑެލިވަރީ ކުރާ ވާހަކަ އާއެކު މެމްބަރުން ރަތަށް!
Share
ދޮވެމި ފިހާރައިން މާލެ އަށް ޑެލިވަރީ ކޮށްދިނުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯސީ) ގެ މެންބަރުން ނުރުހުން ފާޅުކޮށް އޮންލައިންކޮށް ވިޔަފާރި ކުރުމާއި ޑެލިވަރީގެ ހިދުމަތް ދޮވެމި ފިހާރައިން ނުކުރެވޭނެ ކަމަށް ބުނެފި އެވެ.
Advertisement

މޯލްޑީވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ "ދޮވެމި" ޑިއުޓީ ފްރީ ފިހާރައިން އާންމުކޮށް މުދާ ވިއްކައި ޑެލިވަރީ ކުރަން އުޅޭ ކަމުގެ ޝަކުވާއެއް އެސްއޯއީ ކޮމިޓީއަށް ލިބުމުން އެ ކަމާ ގުޅޭގޮތުން އެ ކޮމިޓީ އިން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި އެ ކޮމިޓީގެ މެންބަރުން ވަނީ ދޮވެމި ފިހާރައިން އެގޮތަށް ވިޔަފާރި ކުރަމުން ދިއުމުގެ ސަބަބުން މާލޭގައި ހިންގާ ކުދި ވިޔަފާރިތަކަށް ވަރަށް ބޮޑަށް ގެއްލުން ވަމުން ދާ ކަމުގެ ޝަކުވާތައް ލިބެމުން ދާ ކަމަށް ވިދާޅުވެފަ އެވެ. 

ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުދި ވިޔަފާރިތަކަށް ވަނުން ހުއްޓުވުމަކީ ސަރުކާރުގެ ސިޔާސަތަކަށްވާއިރު އެމްއޭސީއެލުން އެގޮތަށް ވިޔަފާރި ކުރުން ހުއްޓުވަން ޖެހޭނެ ކަމަށެވެ. އަދި ފޭސްބުކް ޕޭޖްތައް މެދުވެރިކޮށް މުޅި މާލެ އަށް ދޮވެމި އިން ލިބެން ހުންނަ ތަކެތި އިޝްތިހާރު ކުރަމުން ދާއިރު، ސަރުކާރު ކުންފުނިތަކުން މިފަދަ ވިޔަފާރިތަކަށް ވަދެގެން ނުވާނެ ކަމަށް ނިހާދު ވިދާޅުވި އެވެ. 

ދޮވެމި ފިހާރަ އަކީ ޑިއުޓީ ފްރީކޮށް އެއްޗެހި ވިއްކާ ފިހާރައަކަށް ވުމުން އެ ފިހާރަ އިން މާލެ އަށް ޑެލިވާ ކޮށްދޭން ފަށައިފި ނަމަ އެންމެން ވެސް ވިޔަފާރި ކުރާނީ އެ ފިހާރައިން ކަމަށް މެމްބަރުން ވިދާޅުވި އެވެ. އަދި މީއީ ކުދި ވިޔަފާރިތަކުގެ ތެރެއަށް ވަދެގަތުން ކަމަށް ވެސް މެންބަރުން ފާހަގަކުރި އެވެ. 

އެސްއޯއީ ކޮމިޓީން ވަނީ އޮންލައިންކޮށް ވިޔަފާރި ކުރުމާއި ޑެލިވަރީގެ ހިދުމަތް ދޮވެމި ފިހާރައިން ނުކުރެވޭނެ ކަމަށާއި އެ ފިހާރައިން ވިޔަފާރި ކުރެވޭނީ ހަމައެކަނި ރާއްޖެ އަށް އަންނަ މީހުންނަށް އެކަނި ކަމަށް އެމްއޭސީއެލް އަށް އަންގާފަ އެވެ. 

އެމްއޭސީއެލް އިން ވަނީ އެ ކުންފުނީގެ ކޮމާޝަލް ޑިޕާޓްމަންޓުގެ ޑިއުޓީ ފްރީ ސެކްޝަނުން ހިންގާ ދޮވެމި ފިހާރައިން ގިނަ ބައެއްގެ އެދުމުގެ މަތިން މާލޭ ސަރަހައްދަށް ޑެލިވަރީގެ ހިދުމަތް ފަށަން މަޝްވަރާ ކުރާ ކަމަށް ބުނެފަ އެވެ. އަދި މިވަގުތު އެގޮތަށް ވިޔަފާރި ނުކުރި ނަމަވެސް، ކުރިއަށް އޮތްތާގައި އެގޮތަށް ވިޔަފާރި ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.

ދޮވެމި ފިހާރައަކީ ވީއައޭ އެރައިވަލް ޓާމިނަލްގެ ބޭރުގައި ހުންނަ ޑިއުޓީ ފްރީ ފިހާރަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް