ads
ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް ރެމްގެ ހަރަކާތްތައް އަލުން ފަށަނީ
ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރެމް) ގެ ހަރަކާތްތައް އަލުން ފަށެމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.

ރެމް އިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެއް ގައި އެ އެސޯސިއޭޝަންގެ ފައުންޑިން މެމްބަރު ނުޒައިރު އަލީ ވަނީ ރެމްގެ މަސައްކަތް އަލުން ފެށުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އެސޯސިއޭޝަންގެ މަސައްކަތްތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ވިސްނާ ކަމަށެވެ. 

އެގޮތުން މިހާރު އެ ވިޔަފާރީ ގައި އުޅޭ ޒުވާނުންގެ އަދަދު ވަރަށް ގިނަ ކަމަށް ނުޒައިރު ވަނީ ފާހަގަކުރައްވާފަ އެވެ. 

އޭގެ އިތުރުން އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ ބޭއްވުމުގެ މަސައްކަތް ރެމް އިން އަންނަނީ ކުރަމުންނެވެ. 

ނޫސްވެރުންގެ ބައްދަލުވުމުގައި އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ މަރިޔަމް ސުހާނާ ވިދާޅުވީ އެސޯސިއޭޝަނަކީ ވަކި ބަޔަކުގެ އެސޯސިއޭޝަނެއް ނޫން ކަމަށާއި ރެސްޓޯރަންޓް ވިޔަފާރީގައި ހަރަކާތްތެރިވާ ރަޖިސްޓާޑް ކޮންމެ ބަޔަކަށްވެސް އެ އެސޯސިއޭޝަނުގައި ބައިވެރިވެވޭނެ ކަމަށެވެ.

ރެމްގެ މަސައްކަތްތައް އަލުން ފަށުމުގެ މަސައްކަތް ފަށާފައި މިވަނީ ކޮވިޑް-19 އާ އެކު ރެސްޓޯރެންޓް އިންޑަސްޓްރީއަށް އައި ގޮންޖެހުމާއި ގުޅިގެން ކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ. އަދި ރެމް އަކީ ރެސްޓޯރަންޓް އިންޑަސްޓްރީގައި މަސައްކަތްކުރާ އެންމެންގެ ބައިވެރިވުމާއި އެކު މަސައްކަތް ކުރަން ޖެހޭ އެސޯސިއޭޝަން އެއްކަމަށް ފާހަގަކޮށް އެ އެސޯސިއޭޝަނަށް ވަރަށް ބައިވަރު ކަންކަން ކުރެވެން އެބަހުރި ކަމަށް ރެމް އިން ބުނެ އެވެ. 

އެގޮތުން އެ ދާއުިރާގައި ދިވެހިންނަށް ހުރި ފުރުސަތުތައް ކިޔައިދީ ދިވެހިން މިކަމަށް ތަމްރީނުކުރުމާއި ރެސްޓޯރެންޓް ހިންގަމުންދާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެސޯސިއޭޝަނުގެ ފަރާތުން އެހީވެދެވޭނެ ކަމަށް ރެމް އިން ފާހަގަކުރެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް