ads
ކަނޑުގައި ދުއްވާ އުޅަދެއް--
ކަނޑު ދަތުރުކުރާ އުޅަނދުފަހަރުގެ ސެޓްފިކެޓްތަކުގެ މުއްދަތު އިތުރުކޮށްދީފި!
މުއްދަތު ހަމަވާ ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ސެޓްފިކެޓްތަކުގެ މުއްދަތު އިތުރު ކޮށްދީފީ އެވެ.

މުއްދަތު އިތުރުކޮށްދީފައިވަނީ،  މިއަހަރުގެ މާރިޗު 01 ވަނަ ދުވަހުން ފެށިގެން މުއްދަތު ހަމަވެފައިވާ ކަނޑު ދަތުރުކުރާ އުޅަނދުފަހަރުގެއެވެ. ސެޓްފިކެޓްތަކުގެ މުއްދަތު އިތުރުކޮށްދީފައިވަނީ މިއަހަރުގެ އޯގަސްޓުމަހުގެ 31 ގެ ނިޔަލަށެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މި ގޮތަށް ސެޓްފިކެޓްތަކުގެ މުއްދަތު އިތުރުކޮށް ދިންކަމުގައި ވީނަމަވެސް އުޅަނދުފަހަރުގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ހުރުމަށް ލާޒިމްކުރާ ތަކެއްޗާއި ކަންކަން ހަމަޖެއްސުމަށްފަހު އުޅަނދު ފަހަރު އޮޕަރޭޓް ކުރުމަށް އުޅަނދުފަހަރު އޮޕަރޭޓުކުރާ ފަރާތްތަކަށާއި އުޅަނދުފަހަރުގެ ވެރިންނަށާއި އަދި އުޅަނދުފަހަރު ދުއްވާ ކެޕްޓަނުން ޔަގީން ކުރުމަށް ފަހު ދަތުރު ފެށުމަށް އިލްތިމާސް ކުރާކަމަށެވެ. އަދި މުއްދަތު ހަމަވެފައިވާ ސެޓްފިކެޓްތަށް އާކުރުމަށް 31 އޯގަސްޓްގެ ކުރިން  ހުށަހެޅުމަށްވެސް އެދިފައިވެއެވެ.

އަލަށް އުޅަނދެއް ރަޖިސްޓަރީކޮށް މިއަހަރުގެ މާރިޗު 12ވަނަ ދުވަހުގެ ފަހުން 30 ދުވަހުގެ މުއްދަތު ހަމަވެފައިވާ އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް މިއަހަރުގެ 31 އޯގަސްޓް ގެ ކުރިން ސަލާމަތީ ސެޓްފިކެޓް ހެދުމަށް ނުވަތަ އެ އުޅަނދަކީ އޮޕަރޭޓް ނުކުރާ އުޅަނދެއްކަން ބަޔާންކޮށް ރަށްރަށުގެ ރަށުކައުންސިލްތަކުން ނުވަތަ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ލިޔުން ހޯދައިފިނަމަ އެ އުޅަނދެއް ޖޫރިމަނާ ނުކުރާ ގޮތަށްވެސް ވަނީ ކަަޑައަޅާފައެވެ.       

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް