ads
ޗައިނާ ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި-- ފޮޓޯ: އެމްއޭސީއެލް
ރާއްޖެ އަކީ ކޮވިޑުން ރައްކާތެރި ގައުމެއް ކަމަށް ޔޫކޭ އިން އަދިވެސް ނުދެކޭ
އިނގިރޭސިވިލާތުން ވަނީ އެ ގައުމަށް ފަތުރުވެރިން ދަތުރުކުރާ ގައުމުތަކުގެ ތެރެއިން ލުއި ދިން ގައުމުތަކުގެ ލިސްޓު އަލުން އަޕްޑޭޓް ކޮށްފަ އެެވެ.

އެގޮތުން އެ ގައުމުން އިއުލާން ކުރި އެ ލިސްޓުގައި 50 ގައުމެއް ހިމެނޭ އިރު، މި ސަރަހައްދުން ރާއްޖޭގެ އިތުރުން ސްރީލަންކާ އެ ލިސްޓުގައި ނުހިމެނެ އެވެ. 

އިނގިރޭސި ސަރުކާރުން ލުއި ދީފައިވާ ގައުމުތަކުން އިނގިރޭސިވިލާތައް ދަތުރުކުރާ މީހުން 14 ދުވަހުގެ ކަރަންޓީން މުއްދަތު ހަމަ ކުރާކަށް ނުޖެހެ އެވެ. އެހެން ނަމަވެސް ލިސްޓުގައި ނުހިމެނޭ ގައުމުތަކުން މީހުން ދަތުރު ކުރާނަމަ އެމީހުން، އިނގިރޭސިވިލާތައް ގޮސް 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރަންޖެހެ އެވެ.  

އިނގިރޭސިވިލާތުން އާންމުކުރި ލިސްޓަށް ފަހުން އިތުރު ކުރި ގައުމުތަކުގެ ތެރޭގައި އެސްޓޯނިއާ، ލެޓްވިއާ، ސްލޮވޭކިއާ އަދި ސްލޮވޭނިއާ ހިމެނެ އެވެ. 

އެ ލިސްޓުގައި ރާއްޖެ ނުހިމެނުން ނަމަވެސް އޭޝިއާ އިން ޖަޕާން އާއި ހޮންކޮންގް ފަދަ ގައުމުތައް ހިމެނެ އެވެ. އަދި ފަތުރުވެރިކަމަށް މަޝްހޫރު ޖަޒީރާ ގައުމުތައް ކަމަށްވާ ސީޝެލްސް އާއި މޮރިޝަސް ފަދަ ގައުމުތައް ވެސް ލިސްޓުގައި ހިމެނެ އެވެ.  

އިންގިރޭސިވިލާތުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކާރޮލް ރޮސްލާ ވަނީ ވަރަށް އަވަހަށް އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ މިންގަނޑު ތަކަށް ރާއްޖެ ވެސް ފެތޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް