ads
އޮސްޓްރޭލިއާ އިން އެމްއެންޑީއެފް އަށް ޕީޕީއީ ހަދިޔާ ކޮށްފި
އޮސްޓްރޭލިއާ ގެ ޑިޕާޓްމެންޓް އޮފް ޑިފެންސް އިން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ) ހަދިޔާ ކޮށްފި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެމްއެންޑީއެފް އިން ކުރަމުން އަންނަ މަސައްކަތްތަކުގައި އެހީތެރިވުމުގެ ގޮތުން އޮސްޓްރޭލިއާ އިން ހަދިޔާ ކޮށްދީފައިވާ މި ޕީޕީއީ ތަކާއި ހަވާލުވެފައި ވަނީ ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުމަރު އަބްދުއް ރައްޒާގު އަދި ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންކަމަށް ކަނޑައަޅާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރު ލެފްޓިނެންޓް ކާނަލް އިސްމާއިލް ނަސީރެވެ. 

މި ތަކެތި ހަވާލު ކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައި ވަނީ ސްރީލަންކާގައި ހުންނަ އޮސްޓްރޭލިއާގެ ހައި ކޮމިޝަންގައި އެވެ. 

އެގޮތުން އޮސްޓްރޭލިއާ އިން ވަނީ 12،000 ޕީޕީއީ އަދި 200،000 ގްލޯވްސް އެމްއެންޑީއެފް އަށް ހަދިޔާ ކޮށްފަ އެވެ. 

ލަންކާ ގައި ހުންނަ އޮސްޓްރޭލިއާގެ ކުންފުނި އަންސެލް އިން އުފައްދާފައިވާ މި ތަކެތީގެ އަގު 120،000 ޑޮލަރަށް އަރާނެކަމަށް އޮސްޓްރޭލިއާގެ އެމްބަސީން ބުނެ އެވެ. 

އޮސްޓްރޭލިއާގެ ސަފީރު ހޮލީ ވަނީ ރާއްޖެއިން ކޮވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތުގައި އޮސްޓްރޭލިއާއިން އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް