ads
ފޮޓޯ: ފުލުހުން
މުޒާހަރާގެ ތެރެއިން ފުލުހުންގެ ގަޔަށް ކުޅުޖެހި މައްސަލަ ބަލަނީ
މިރޭ އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ފަރާތުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ފުލުހުންގެ ގަޔަށް ކުޅު ޖެހި މައްސަލަ ބަލާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ސީޕީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިރޭގެ މުޒާހަރާގެ ބައިވެރިން ފުލުހުންގެ ފްރަންޓްލައިންގައި މަސައްކަތްކުރި ފުލުހުންގެ ގަޔަށް ކުޅުޖެހިޖެހުމަކީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށެވެ. 

"މި ނާތަހުޒީބު އަމަލު ކުށްވެރި ކުރާ ހާލު، މިކަންކުރި ފަރާތް ހޯދައި ގާނޫނީގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް މި ސަރވިސް އިން ކުރަމުންދާ ވާހަކަ ދަންނަވަން." ފުލުހުން ބުނެފައިވެ އެވެ.

އިދިކޮޅުން މިރޭ ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ފުލުހުންގެ ގަޔަށް ބަޔަކު ކުޅުޖެހި އިރު، ސީޕީ ވަނީ ކޮވިޑް19 ފެތުރެމުންދާ ދުވަސްވަރެއްގައި އެގޮތަށް ކަންކުރުން ބަލައި ނުގަންނާނެކަން ފާހަގަކޮށްފަ އެވެ. އަދި އެ ކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށްވެސް ބުނެފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް