ads
ފޮޓޯ: ސީއެންއެމް
ޕީޕީއެމް އުނބަށް ޖެހުން!
އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ފަރާތުން މާލޭގައި މުޒާހަރާތައް ވަނީ ފަށާފައެވެ. މިމަހުގެ 26 ވަނަ ދުވަހުގެ ރޭ ކުރިއަށްގެންދިޔަ މުޒާހަރާއަށް ފަހު ރޭވެސް މުޒާހަރާ ކުރިއަށްގެންގޮސްފައިވެ އެވެ.

ދެހާސް ތޭރަ ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ދެމެދު ރާއްޖޭގެ ވެރިކަން ކޮށްފައިވަނީ ޕީޕީއެމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ޕީޕީއެމްގެ އޭރުގެ ކޯލިޝަނަށް އޮތް އިރު ވެރިކަމުގައި ތިބެ ގިނަ ނިންމުންތަކެއް ނިންމި އެވެ.

އޭގެތެރެއިން އެއް ނިންމުމަކީ އެއްވެ އުޅުމުގެ ޤާނޫނަށް ޕީޕީއެމް މެޖޯރިޓީ މަޖިލީހުން ގެނެސްފައިވާ އިސްލާހެވެ. އެގޮތުން ކުރިން އެންގުމަކާ ނުލާ އެއްވުންތައްބޭއްވޭނެ ކަމަށް ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައި އޮތް ހައްޤު ހަނިކުރީ ޕީޕީއެމުންނެވެ. މާލޭގައި އެއްވުމެއް ބާއްވަންބޭނުން ނަމަ ފުލުހުންގެ ހުއްދަ ލިޔުމުން ހޯދަންޖެހޭ ގޮތަށް ބަދަލުކުރީ ޕީޕީއެމުންނެވެ.

އެހެންނަމަވެސް ޕީޕީއެމުން މިއަދި މިވަނީ އެމީހުންގެ އަމިއްލަ ނިންމުންތަކަށް ވެސް އިހުތިރާމް ނުކޮށް އުނބަށްޖަހާފައެވެ. އަމިއްލައަށް ދެއްކި ވާހަކަތައް ދޫކޮށްލާ އަމިއްލައަށް ފާސްކުރި ޤާނޫނާއި ވެސް މިވަނީ ހިލާފުވެފަ އެވެ. 

ދެން އޮތީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މުޒާހަރާ ކުރުމާއި ގުޅޭގޮތުން އޭރުދައްކަވާފައިވާ ބައެއް ވާހަކަ ތަކެވެ. އެމަނިކުފާނު ވެރިކަމުގައި ހުންނެވި އިރު މުޒާހަރާ ކުރުމާއި އެއްވުންތައް ބޭއްވުމާއި އެމަނިކުފާނު ދެކޮޅުކަން ހާމަވީ ދައްކަވާފައިހުރި ވާހަކަތަކުންނެވެ. 

"އެއްވަން ބޭނުން ނަމަ ހައްޖަށް ދާންވީ"ނޫންހޭ ވިދާޅުވެ މުޒާހަރާ ތަކަށް ފާޑުވިދާޅުވި ޕީޕީއެމްގެ ލީޑަރު ރައީސް ޔާމީންގެ ވިސްނުންފުޅާއި ދެކޮޅަށް ޕީޕީއެމުން މަސައްކަތްކޮށް މަގުމަތީގައި މުޒާހަރާކުރާއިރު، މިއީ އުނބަށް ޖެހުންނޫން ކޮންކަމެއްތޯއެވެ؟ 

70%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް