ads
ރައީސް މައުމޫނާއި އަލްހާން ފަހުމީ: ފޮޓޯ ހަވީރު
ރައީސް މައުމޫނުގެ ޝުކުރު އަލްހާންއަށް!
އަލްހާން ފަހުމީއަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސް މައުމޫނު އަލްހާން އަށް ޝުކުރު އަދާކުރައްވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަމައްދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއެކު، ރައީސް މައުމޫނު ހުންނަވާ ފޮޓޯއެއް އާންމުކުރެއްވުމަށްފަހު އަލްހާންގެ ސިޔާސީ ހަޔާތުގައި "ތަޖުރިބާ ކުރި އެންމެ ކުޅަދާނަ ސިޔާސީ ލީޑަރަކީ ރައީސް މައުމޫނު" ކަމަށް ވިދާޅުވުމުންނެވެ. 

"އެމަނިކުފާނުގެ ސިޔާސީ ރަން ޒަމާން މާޒީވެ ދިޔަޔަސް، މިއަދުވެސް އެމަނިކުފާނަކީ ދިވެހިންގެ ވެރިކަން ދިވެހިން ހަވާކުކޮށްފައިވާ ވެރިއެއް! ޝުކުރިއްޔާ ރައީސް މައުމޫން،" -އަލްހާން ފަހުމީ-

ދެހާސް ނުވަ ވަނަ އަހަރު ބޭއްވި ރައްޔިތުން މަޖިލިސް އިންތިހާބުގައި ޑީއާރުޕީގެ ޓިކެޓްގައި ފޭދޫ ދާއިރާގެ ގޮނޑިއަށް އިންތިހާބުވެވަޑައިގެންނެވި އަލްހާން ވަނީ ޑީއާރުޕީގެ ވިޕްލައިންއާ ދެކޮޅަށް ވޯޓު ދެއްވި މައްސަލައިގެ އެ ޕާޓީން ވަކިކޮށްފަ އެވެ.


އެ އަށް ފަހު އަލްހާން ގުޅިވަޑައިގަތީ އޭރު ސަރުކާރު ހިންގި އެމްޑީޕީ އަށެވެ. އެމްޑީޕީގެ އެކްޓިވިސްޓް އަދި ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާ ވާދަކުރައްވައި އެ ޕާޓީގެ ނައިބު ރައީސް ކަމަށް ހޮވިވަޑައިގެންފައި ހުންނެވަނިކޮން އޭނާ ވަނީ އެ މަގާމުން އެ ޕާޓީގެ ގައުމީ މަޖިލީހުން ނެގި ވޯޓަކުން ވަކިކޮށްފަ އެވެ.

އޭރު އޭނާ އެ މާގާމުން ވަކިކުރީ އެ ޕާޓީގެ ވިސްނުމާ ހިލާފަށް ވާހަކަ ދައްކަވާ ކަމުގެ ތުހުމަތުގައި އެވެ. އެކަމާ ގުޅިގެން އާ އެމްޑީޕީއެއް އުފެއްދުމަށް އަލްހާނު ރައީސް ނަޝީދުއާ ދެކޮޅަށް މުޒާހާރާ ކުރެއްވުމަށް ފަހު ދެން އެ ޕާޓީން ވަކިވެވަޑައިގެން ގުޅިވަޑައިގަތީ ޖުމްހޫރީ ޕާޓީއާ އެވެ. އަދި އެ ޕާޓީން އޭނާ ވަކިވެވަޑައިގެންފައި ވަނީ އޭނާއާ ދެކޮޅަށް އެ ޕާޓީގެ ކައުންސިލަށް މައްސަލަ އެއް ހުށަހެޅިފައިވަނިކޮންނެވެ.

އެއަށްފަހު އަނެއްކާވެސް 2013 ވަނަ އަހަރު އޭނާ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވިއެވެ. 

އޭގެ ފަހުން އަނެއްކާވެސް، އެމްޑީޕީން ވަކިވެ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންނެވިއެވެ. އަދި މިހާރު އުޅުއްވަނީ އެއްވެސް ޕާޓީއެއްގައެއް ނޫނެވެ. 

އަލްހާން ވަނީ އަންނަ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް