ads
ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ-- ފޮޓޯ: ސީއެންއެމް
މީޑީއާ ކައުންސިލްގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
މޯލްޑިވްސް މީޑީއާ ކައުންސިލް (އެމްއެމްސީ)ގެ މުވައްޒަފަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވަނީ އެމްއެމްސީގައި ވަޒީފާ އަދާކުރާ ފަރާތެކެވެ. 

އެހެން ނަމަވެސް އެ ފަރާތް ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވަނީ އޮފީހުގެ މާހައުލުން ނޫންކަމަށާއި، އެ މުވައްޒަފު އޮފީހަށް ހާޒިރު ނުވާތާ ގިނަ ދުވަސްތަކެއް ވެފައިވާކަމަށް މައުލޫމާތު ލިބިފައިވެ އެވެ. 

ކޮވިޑް19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން މީޑިއާ ކައުންސިލުން ވެސް މަސައްކަތްކުރަމުން އަންނަނީ މަދު މުވައްޒަފުން ނެރެގެންނެވެ. 

ރާއްޖެއިން ކޮވިޑް19 އަށް ޖުމުލަ ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 3506 ކަށް އަރާފައެވެ. މިވަގުތު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްކޮށް ތިބީ 929 ފަރާތެކެވެ. 

އައިސޮލޭޝަންގައި 580 ފަރާތެއް ތިބިިއިރު، ބަލިން މިހާތަނަށް ރަނގަޅުވެފައި ވަނީ 2547 މީހުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް