ads
ވީއައިއޭގައި ޖެޓުތަކެއް ޕާކުކޮށްފައި--
އަލަށް ނަގާ އެއާޕޯޓު ޓެކްސްތަކަށް ބޮޑު ބަދަލެއް ގެންނަން ހުށަހަޅައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ފުރާ ބިޒްނެސް ކްލާސް މީހުންގެ އަތުން 120 ޑޮލަރު އަދި ނެގުމަށް ރާއްޖޭގެ އެއާޕޯޓުތަކުން ފުރާ މީހުންގެ އަތުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ހުށަހަޅައިފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ފުރާ ބިޒްނެސް ކްލާސް މީހުންގެ އަތުން 120 ޑޮލަރު ނެގުމަށް، ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުށަހަޅާފައިވާ މި ބިލުގައި ހަތަރު ކެޓަގަރީއަކުން ޓެކްސް ނެގުމަށް ވަނީ ނިންމާފަ އެވެ. މި ބިލު ފާސްވެ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުން އަންނަ އަހަރުގެ މާޗު މަހުން ފެށިގެން މިހާރު ނަގާ އެއާޕޯޓް ސާވިސް ޗާޖު އުވާލާނެ އެވެ. އަދި އަންނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން އާ ޓެކްސް ނަގަން ފަށާނެ އެވެ. އަދި މިހާރު ނަގަމުން އަންނަ އެއާޕޯޓް ޑިވަލޮމްޕަންޓް ޗާޖް (އޭޑީއެފް) ހަތަރު ކެޓަގަރީއަކަށް ބަހާލައި، އެޕްރީލް އެކަކުން ފެށިގެން އެ ޓެކްސް ބޮޑު ކުރާނެ އެވެ.

ޑިޕާޗާ ޓެކްސް ވެސް ނަގަނީ ހަތަރު ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެ ޓެކްސް އިން ދިވެހިންނާއި ބިދޭސީންނާ އިކޮނޮމީ ކްލާހުން ޓެކްސް ނަގާ މިންވަރު ތަފާތު ވެއެވެ. އެގޮތުން ދިވެއްސެއްގެ އަތުން 12 ޑޮލަރު އަދި ބިދޭސީއެއްގެ އަތުން 30 ޑޮލަރު ނަގާނެ އެވެ. އެހެން ނަމަވެސް ދެން ހުރި ކެޓަގަރީތަކުން ނަގާ ޓެކްސްއެއް ތަފާތެއް ނުވެ އެވެ. އެގޮތުން ބިޒްނަސް ކްލާހުން 60 ޑޮލަރު އަދި ފަސްޓް ކްލާސް އިން 90 ޑޮލަރު އަދި ޖެޓުން ފުރާ މީހުންގެ އަތުން 120 ޑޮލަރު ނަގާނެ އެވެ.

އޭޑީސީ އިން ވެސް ދިވެހިންނާއި ބިދޭސީންނާ ތަފާތު ވަނީ ހަމައެކަނި އިކޮނޮމީ ކްލާސް އިން ފުރާ މީހުންގެ އަތުން ނަގާ ޓެކުހެެވެ. އެއީ، ދިވެެއްސެއްގެ އަތުން 12 ޑޮލަރު އަދި ބިދޭސީއެއްގެ އަތުން 30 ޑޮލަރެވެ. ދެވަނަ ކެޓަގަރީ، ބިޒްނަސް ކްލާހުން 60 ޑޮލަރު އަދި ތިން ވަނަ ކެޓަގަރީ، ފަސްޓް ކްލާސް އިން 90 ޑޮލަރު އަދި ފަހު ކެޓަގަރީ، ޖެޓުން ފުރާ މީހުންގެ އަތުން 120 ޑޮލަރެވެ.

މި ބިލުގައި މިހާރު މި އޮތް ގޮތުން މި ދެ ޓެކުހުން އިކޮނޮމީ ކްލާހުގައި ފުރާ ދިވެހިންގެ އަތުން ޖުމްލަ 24 ޑޮލަރު އަދި ބިދޭސީއެއްގެ އަތުން 60 ޑޮލަރު ނަގާނެ އެވެ. އެހެން ކެޓަގަރީތަކަށް ބަލާއިރު ބިޒްނަސް ކުލާހުން ފުރާ ކޮންމެ މީހެއްގެ އަތުން 120 ޑޮލަރާއި ފަސްޓް ކްލާހުން ފުރާ މީހެއްގެ އަތުން 180 ޑޮލަރާއި އަދި ޖެޓުން ފުރާ މީހެއްގެ އަތުން 240 ޑޮލަރު ނަގާނެ އެވެ. މި ފީތަކުން ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުން އަދި އުމުރުން ދެ އަހަރު ނުވާ ކުޑަކުދިން އިސްތިސްނާ ވާނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައި ވެއެވެ.

އޭޑީއެފް އަކީ ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅިގެން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށާއި ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ނަގަން ފެށި ފީ އެކެވެ.

މިހާރު އެއާޕޯޓް ސާވިސް ޗާޖްގެ ގޮތުގައި، ދިވެހިންގެ އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 25 ޑޮލަރު ނަގަ އެވެ. މީގެ އިތުރުން އޭޑީސީގެ ގޮތުގައި ދިވެހިންގެ އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 25 ޑޮލަރު ނަގާނެ އެވެ. އެގޮތުން މިހާރު ދިވެހިންގެ އަތުން ޖުމްލަ 24 ޑޮލަރު އަދި ބިދޭސީއެއްގެ އަތުން 50 ޑޮލަރު ނަގަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް